ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)280-AHR/INDIV/2017/50 (12 ޑިސެމްބަރު 2017) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކައުންސިލަށް ލަފާދޭ ކޮމެޓީގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކައުންސިލަށް ލަފާދޭކޮމެޓީގެ އުޞޫލުގައިވާގޮތުގެމަތިން އާންމުކޮށް ހުޅުވާލައިގެން ތިރީގައިވާ ދާއިރާތަކުން މެމްބަރުން ކަނޑައަޅަން ޖެހެއެވެ.
1. ފުލުހުންގެ ޚިދުމަތް ޤާއިމްވެފައިވާ ރަށްރަށުގައި އެމުއައްސަސާއިން ކަނޑައަޅާ ފުލުހެއް އަދި އެނޫން ރަށްރަށުގައި ލަފާދޭކޮމެޓީގެ މެމްބަރުކަމަށް ހުޅުވާލުމުން ޝައުޤުވެރިކަން ފާޅުކުރާ ރަށުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ކައުންސިލުން އައްޔަނުކުރާ މެމްބަރެއް.
2. ރަށުގައި ޤާއިމުވެފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން ލަފާދޭކޮމެޓީގެ މެމްބަރުކަމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރާ ޖަމްޢިއްޔާތަކުގެ މެމްބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މެމްބަރެއް.
ވީމާ، މަތީގައިވާ ދާއިރާތަކުން މިރަށު ކައުންސިލަށް ލަފާދޭ ކޮމެޓީގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބްރުއަރީ 2018 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެއްދާއިރާއަކުން އެކަކަށްވުރެ ގިނަމީހުން ކުރިމަތިލާފައިވާނަމަ ކޮމެޓީއަށް އައްޔަނުކުރާނޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ ދާއިރާއަކުންވެސް ވަކިވަކިން އެދާއިރާއަކަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ މީހެކެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.