ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:39
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް 1.5ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ.

 

 

އިޢުލާން

 

    

                                   ނަންބަރ: (IUL)468-U01/468/2018/6

ވެހިކަލެއް ގަންނަން ބޭނުންވެއްޖެ. 

           މިއިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެގެން ޕިކަޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)468-U01/468/2018/3އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢްލާން ބާޠިލްކޮށް ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ އަލުން އިޢްލާންކުރަމެވެ.

           ވީމާ ޕިކަޕު ސަޕްލައި ކޮށްދޭން ބޭނުންވާ ފަރާތްތަކުން 19 ފެބުރުވަރީ 2018ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 ފެބްރުއަރީ 2018ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                              22 ޖުމާދަލްއާޚިރާ  1439  

                              08 ފެބުރުވަރީ 2018

 

08 ފެބުރުވަރީ 2018