ޢާންމު މަޢުލޫމާތު
ނަންބަރު: AS-A/IU/2017/14
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 19 ފެބުރުވަރީ 2018 13:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު އަމީން ސްކޮލަރޝިޕް - 2018

މި އިޢުލާނަކީ މި ސްކޮލަރޝިޕަށް ކުރިމަތިލުމަށް 2018 ޖަނަވަރީ 3 ގައި ކުރެވުނު މިސްކޫލްގެ ނަންބަރު AS-A/IU/2018/02 އިޢުލާނަށް ކުރިމަތިލައިގެން ހޮވުނު ފަރާތުން މި ސްކޮލަޝިޕް ބޭނުން ނުވާތީ އަލުން މި ފުރުސަތު ދިނުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.

މުޙައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ޙަރަކާތާއި ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެދަށުން 1995 ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ ސްކޫލެއްގެ ގްރޭޑް 7 ނިންމާ އަންހެން ދަރިވަރަކަށް (1 ޖާގަ) މިސްކޫލްގެ ގްރޭޑް 8 ން 10 ނިމެންދެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް އެކެވެ.

 

2018 ވަނައަހަރު މުޙައްމަދު އަމީން ސްކޮލަރޝިޕަށް އެދޭފަރާތްތަކުން އެކަމަށްއެދި 2018 ފެބުރުއަރީ 19 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިސްކޫލަށް ސިޓީ ފޮނުއްވުންއެދެމެވެ. ސިޓީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ދަރިވަރުގެ ފުރިހަމަ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ބެލެނިވެރިޔާގެ ނަމާއި މާލޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް.
  • ސިޓީއާއެކު ދަރިވަރުގެ އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަސްލާއެކު ކޮޕީ އެއް އަދި 2017 ވަނައަހަރުގެ ސްކޫލް ރިޕޯޓްފޯމް ގެ އަސްލާ އެކު ކޮޕީއެއް(ގްރޭޑް 7 ގެ ފަހުޓާރމް) ހުށައަޅަންވާނެއެވެ.

ޝަރުތު

  1. 2017 ޖަނަވަރީ 1 އަށް 14 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވުން.
  2. 2017 ވަނައަހަރު މާލެ/ވިލިމާލެ/ހުޅުމާލެ ފިޔަވާ އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް 7 ނިންމި ކުއްޖަކަށްވުން.
  3. އަޙްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2017 ވަނައަހަރުގެ ފަހުޓާމްގެ ފައިނަލް އެވްރެޖް %75 ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

 

ޝަރުތު ހަމަވާކުދިންގެ ލިސްޓެއް 2018 ފެބުރުއަރީ 19 ވާ ހޯމަ ދުވަހުގެ 14.00 ގެ ފަހުން ސްކޫލް

ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. މިކުދިންނަށްދޭ އިމްތިޙާނު ތިރީގައިވާގޮތަށް މިސްކޫލްގައި އޮންނާނެއެވެ. މިއިމްތިޙާނުގެ ނަތީޖާ 2018 ފެބުރުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ފަހުން ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

  • 2018 ފެބުރުއަރީ 21 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 ގައި އިނގިރޭސި        (2 ގަޑިއިރު)
  • 2018 ފެބުރުއަރީ 21 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2.00 ގައި ހިސާބު          (2 ގަޑިއިރު)
12 ފެބުރުވަރީ 2018