ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)227-HR/227/2018/9
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 20 ފެބުރުވަރީ 2018 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ  މަޤާމަށް މީހަކުހޯދުމަށް 22 ޖެނުއަރީ 2018ގައި ކުރެވުނު ނަންބަރު IUL)227-HR/227/2018/2)  އިޢުލާން އިދާރީ ސަބަބަކަށްޓަކައި ބާޠިލްކޮށް އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-292920

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ . އެސް. 4

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ / ށ ފުނަދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/5020 ރުފިޔާ

މުސާރަ:

މަހަކު -/1500 ރުފިޔާ

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

  1. ޙަވާލުކުރެވޭ މަސައްކަތް ތަކުގެ ލިޔެކިއުންތައް މައްސަލަ ރަޖިސްޓްރީއަށް އެރުވުމާއި، މައްސަލަ ރަޖިސްޓްރީ އަޕްޑޭޓްކުރުން
  2. ކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ ޕްރޮގްރާމް ތަކުގެ އިދާރީ މަސައްކަތް ކުރުން
  3. ސްޓާފްމީޓިންގތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔެބެލެހެއްޓުން
  4. ޔުނިޓަށް އަންނަ ލިއުންތައް ފައިލްކޮށް ފައިލިން ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި ފައިލިން ސިސްޓަމުން ހޯދަންޖެހޭ ލިއެކިއުންތައް ބޭނުންވެއްޖެ ހާލަތެއްގައި ހޯދުން.
  5. ކައުންސިލްއިދާރާގެ މުވައްޒަފުންގެ ޙާޟިރީބެލެހެއްޓުމާއި، ޙާޒިރީ ރިޕޯޓް ތައްޔާރުކުރުން
  6. ކައުންސިލަރުންގެ ޙާޟިރީބެލެހެއްޓުމާއި، ޙާޟިރީރިޕޯޓްތައްޔާރުކޮށް ބިއުރޯއާއި ޙަވާލުކުރުން
  7. ކައުންސިލްއިދާރާގެ މުވައްޒަފުންނާއި، 14 ރަށުގެ ޒިންމާދާރުވެރިންގެ ރެކޯޑްސް ބެލެހެއްޓުން
  8. މުވައްޒަފުންގެ ގަޑީލާރިއާއި، ޖޫރިމަނާ ރެކޯޑް ލިޔެބެލެހެއްޓުން.
  9. ރަސްމީގަޑީގައާއި، ބްރޭކްގަޑީގައި ބޭރަށްދާ ޙާޟިރީ ބެލެހެއްޓުން
  10. ދަތުރު ޙާޟިރީއާއި، ދަތުރު އެލަވާންސްލިބޭ މުވައްޒަފުންގެ ރިޕޯޓްތައްޔާރުކުރުން
  11. ކައުންސިލް އިދާރާހުޅުވުމާއި، ބަންދުކުރުމުގެ ރެކޯޑް ބެލެހެއްޓުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިނިސްޓްރޭޝަން ، ހިޔުމަންރިސޯސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ (އިންފޮމޭޝަން ޓެކްނޮޖީގެ ދާއިރާއިންނަމަ އެޑްމިނިސްޓްރޭޝަން ނުވަތަ ހިޔުމަންރިސޯސް ދާއިރާގެ މޮޑިއުލްއެއް ކިޔަވާފައި އޮންނަންވާނެ) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  2. މަތި ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''އީ'' ގްރޭޑް ލިބިފައި ވުމާއިއެކު ، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިވައިވުން. ނުވަތަ
  3. ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިފާ ތަޖުރިބާއަށް ބަލައިގެން
  3. ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާޢިދު އަދި ދައުލަތުގެމާލިއްޔަތު ޤަވާޢިދަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  7. (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  8. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  9. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  10. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  11. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  12. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  13. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.shaviyani.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސްބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6540057 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 21 ފެބްރުއަރީ 2018 އާއި 28ފެބްރުއަރީ 2018  އާ ދެމެދު، މިލަދުންމަޑުއުތުރުބުރީ  އަތޮޅުކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ  އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6540057 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

26 ޖުމާދަލްޢޫލާ 1439

12 ފެބްރުއަރީ 2018

12 ފެބުރުވަރީ 2018