ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2018/20
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 07:59
ސުންގަޑި: 15 ފެބުރުވަރީ 2018 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިސްކަލް އެނަލިސްޓް (ކޮންޓްރެކްޓް)

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފިސްކަލް އެފެއާޒް ޑިވިޜަންއިން ކުރިއަށް ގެންދާ ފިސްކަލް އަދި މެކްރޯއިކޮނޮމިކް ރިސަރޗްތަކާގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ފިސްކަލް އެނަލިސްޓްގެ ގޮތުގައި 6 މަސް ދުވަހަށް މަސައްކަތްކުރެއްވުމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ފެބްރުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349297 ، 3349252

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected],

 

12 ފެބުރުވަރީ 2018