ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2018/015
ކ. ތިލަފުށީގައި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބް ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރު (TCL/PROC-TA/2018/014) ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޓީސީއެލް ހެޑް އޮފީސް |
- |
12 ފެބްރުއަރީ 2018 އިން 14 ފެބްރުއަރީ 2018 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
15 ފެބްރުއަރީ 2018 |
13:30 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
އާދީއްތަ |
18 ފެބްރުއަރީ 2018 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
21 ފެބްރުއަރީ 2018 |
13:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ފެބްރުއަރީ 2018
25 ޖުމާދަލްއޫލާ 1439
ފެންބިލްޑިންގް/ 4 ވަނަފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513 ،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514