މަސައްކަތް
ނަންބަރު: (IUL)251-EDSS/251/2018/9
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 15 ފެބުރުވަރީ 2018 10:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލަށް މަގުމަތީ ބޯޑުތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް އެކިއެކި ބޭނުންތަކަށް މަގުމަތި ދޫކުރުމާއި، މަގުމަތި ކޮނުމާއި، މަގުމަތީގައި އެކިއެކި މަސައްކަތްތައް ކުރުމުގެ ހުއްދަ ދިންކަން އަންގައިދިނުމުގެ ގޮތުން ބޭނުންކުރާނެ ބޯޑުތަކެއް މި ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ދެންނެވި މަގުމަތީ ބޯޑުތައް މި އިދާރާއަށް ހަދައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އަންދާސީ ހިސާބުގައި މި ކައުންސިލްގެ އިދާރާއިން ޢަމަލުކުރާނެ އުސޫލު ތިރީގައި އެވަނީއެވެ.

  1. މަޢުލޫމާތު ސާފުކުރަން ޙާޟިރުވާއިރު، އެ ބައްދަލުވުމަށް ވަދެވޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑިޖެހިގެން ނުވަތަ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  2. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ. އެ ބައްދަލުވުމުގައި އެއްވެސް ފަރާތަކަށް ދެ ފަރާތުގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކެއް ތަމްސީލެއް ވެސް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބެއް ވެސް ހުށައެއް ނޭޅޭނެއެވެ.
  3. އަންދާސީ ހިސާބު ހުށަހަޅަނީ ކުންފުންޏަކުން ނުވަތަ ކޯޕަރެޓިވް ސޮސައިޓީއަކުން ނަމަ، އެ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގޭ ގޮތަށް ކުންފުނިން ނުވަތަ ކޯޕަރަޓިވް ސޮސައިޓީއިން ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ކުންފުނީގެ ނުވަތަ ކޯޕަރެޓިވް ސޮސައިޓީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  4. އަންދާސީ ހިސާބު ހުށަހަޅަނީ ވަކި ފަރުދެއްގެ ނަމުގައި ނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އެ ފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
  5. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

11 ފެބުރުވަރީ 2018