ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ފެބުރުވަރީ 2018 15:22 ގައި ބާތިލް ކުރެވިފައެވެ.
އެސްޓީއޯ މާލެ ސަރަހައްދު ފިހާރަތަކުން ވިއްކާ އެއަރކޮންޑިޝަން 1 އަހަރު ދުވަހަށްއިންސްޓޯލްކޮށްދިނުމުގެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ވިލިމާލެ އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 1 އަހަރު ދުވަހަށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2018 ފެބްރުއަރީ 15 ވާ ދުވަހު 1400 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ފެބްރުއަރީ 15 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ފެބްރުއަރީ 18 ވަނަ ދުވަހު 1500 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2018 ފެބްރުއަރީ 19 ވާ ދުވަހުގެ 1500 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ފެބްރުއަރީ 20 ވަނަ ދުވަސް ނިމުމުގެކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ފެބްރުއަރީ 26 ވަނަ ދުވަހު 1500 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ
ފޯނު: 3344180، 3344321
ފެކްސް: 3344633
އީމެއިލް: [email protected]
11 ފެބްރުއަރީ 2018