ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2018/35
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 20 ފެބުރުވަރީ 2018 13:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސޮފްޓްވެއަރ އިންޖިނިއަރ

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، ތަންފީޒުކުރަމުންދާ ޕްރޮޖެކްޓުތަކުގެ ދަށުން ތިރީގައި މިދަންނަވާ މަޤާމަށް ލޯކަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

މަޤާމް: ސޮފްޓްވެއަރ އިންޖިނިއަރ

އަދަދު : 01

ފެންވަރު ނުވަތަ ޝަރުތު:

  • ސޮފްޓްވެއަރ އިންޖިނިއަރިންގ އިން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުމާއި އެކު ގުޅުންހުރި މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.
  • ASP.Net، MS SQL ، އަދި މިފަދަ އެހެނިހެން ސޮފްޓްވެއަރ ބޭނުންކުރަން އެގުން.
  • ޑޭޓާބޭސް ޑިވެލޮޕް ކުރުމުގެ ތަޖުރިބާލިބިފައި ވުމާއެކު ސޮފްޓްވެއަރ ސޮލިއުޝަންސް ޑިވެލޮޕްކުރަން އެނގުން. 

މުސާރަ: 35,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން)

ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2018 ގެ ނިޔަލަށް

އިއުލާންކުރެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ މަސައްކަތާއި ގުޅުން ހުރި އެހެން ސަރުކާރުގެ އިދާރާއެއް.

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑި އިރު ގެ ހުސްވަގުތުކޮޅަކާއެކު.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި  EIF Tier 1” - ސޮފްޓްވެއަރ އިންޖިނިއަރ ގެ ވަޒީފާއަށް އެދި" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3333116 އަދި 3333174 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

25 ޖުމާދަލްއޫލާ 1439

11 ފެބުރުވަރީ 2018