ޢާންމު މަޢުލޫމާތު
ނަންބަރު: GS200/2018/08
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 20 ފެބުރުވަރީ 2018 00:00
މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ސްކޫލް ބޯޑް އައްޔަންކުރުން

                                                       ނަމްބަރ: GS-200/2018/08

އިޢުލާން

 ސްކޫލް ބޯޑް އައްޔަންކުރުން

            01 ފެބްރުއަރީ 2018 އިން 31 ޖެނުއަރީ 2019 އަށް ކުރިޔަށް އޮތް 2 އަހަރަށް އިންތިޚާބްކުރާ މި ސްކޫލްގެ "ސްކޫލް ބޯޑަށް " ކުރިމަތިލުމަށް ހުޅުވާލަމެވެ.

ބޭނުންވާ ޢަދަދު:

1-ބެލެނިވެރިންގެ ތެރެއިން އިންތިޙާބްކުރާ ޢަދަދު: 2 (ދޭއް)

2- ޓީޗަރުންގެ ތެރެއިން އައްޔަންކުރާ ޢަދަދު: 1 (އެކެއް)

ބެލެނިވެރިންގެޝަރުޠުތައް:

1-ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައިވުން.

2- ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

3- ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

4- ދިވެހި ބަހުން ލިޔަންކިޔަން އެނގުން.

5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.

6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރެއް ކަމުގައި ނުވުން.

ޓީޗަރުންގެޝަރުޠުތައް:

1-ޓީޗަރެއް ކަމުގެ މަސްއޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއް ކަމުގައިވުން.

2- ސްކޫލް ބޯޑުގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

                  ވީމާ، ސްކޫލް ބޯޑަށް ކުރިމަތިލާން އެދޭ ބެލެނިވެރިންނާއި، ޓީޗަރުން އެކަމަށް އެދޭ ފޯމް ސްކޫލް އިދާރާއިން ނެގުމަށްފަހު، 20 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 13.00 ގެ ކުރިން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

                  24 ޖުމާދިލްއައްވަލު   1439

                  11 ފެބްރުއަރީ      2018

11 ފެބުރުވަރީ 2018