ދިވެހިރާއްޖެ
ނަމްބަރު:IUL)297/INDIV/2018/6)
އިޢުލާން
ވެލިދޫ ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
ވެލިދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދަންވަނީ ބޭނުންވެފައެވެ.
ވީމާ ވެލިދޫ ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 19 ފެބްރުއަރީ 2018ވާ ހޯމަ ދުވަހު 10:00އަށް ވެލިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު
- ޕިކަޕް ވިއްކަން އެދޭއަގު (ޖީ.އެސް.ޓީއާއެކު)
 - ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
 - ވެލިދޫ ކައުންސިލްގެ އިދާރާގެ ނަމަށް ރަޖިސްޓްރީކޮށް ނިންމާދެވޭނެ އަގު (ޖީ.އެސް.ޓީއާއެކު)
 - ވެލިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕް ފޯރުކޮށްދެވޭނެ މުއްދަތު
 - ވެހިކަލްއަށް ދޭ ވޮރަންޓީ
 
ޕިކަޕާބެހޭ މަޢުލޫމާތު
- ޕިކަޕް ވާންވާނީ 2011ވަނަ އަހަރުން ފަހުގެ އުފެއްދުމަކަށެވެ.
 - ޢަދަދު: 2
 - ބަރުދަން: 1800KG
 - ތެޔޮ: ޕެޓްރޯލް
 
މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
| 
 މާކްސްދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭ ގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 80%  | 
  | 
 (Benchmark Price / Submitted Price) x Allocated Percentage  | 
| 
 ވޮރަންޓީ  | 
 10%  | 
  | 
 ( Submitted years of experience / Benchmark years ) x Allocated Percentage  | 
| 
 މުއްދަތު  | 
 10%  | 
  | 
 (Benchmark Delivery Period / Submitted Delivery Period) x Allocated Percentage  | 
22 ޖުމާދަލްއޫލާ 1439
8 ފެބްރުވަރީ 2018