ދިވެހިރާއްޖެ
c
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މާލެ
ދިވެހިރާއްޖެ. ނަންބަރު: (IUL)14-CCS/1/2018/
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީއަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
- މަޤާމު: ކޭޝިއަރ
މުސާރަ: -/5100 ރުފިޔާ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުތު:
- · ޖީ.ސީ.އީ އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނެއް ފުރިހަމަކޮށްފައިވުން
- · ކޮމްޕިއުޓަރ ބޭނުންކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ
- · ގިނަވަގުތު މަސައްތަކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ
އެހެނިހެން އިނާޔަތްތައް:
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/30ރ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- މަޤާމު: ސޭލްސް ޕަރސަން
މުސާރަ: -/4100 ރުފިޔާ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުތު:
- · ޖީ.ސީ.އީ އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނެއް ފުރިހަމަކޮށްފައިވުން
- · ގިނަވަގުތު މަސައްކަތުގައި އުޅެވުމާއި އަދި ޝިފްޓް ޑިއުޓީ އަދާ ކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ
އެހެނިހެން އިނާޔަތްތައް:
- · ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/30ރ
- · އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- · ކަސްޓަމަރުންނާއި މުޢާމަލާތްކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވެދިނުން
- · ހަރުތަކުގައި މުދާ އެތުރުމާއި، އަދި މުދާ ލޭބަލް ކުރުން
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލު ކޮޕީ)
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ސުންގަޑި:
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ފެބުރުވަރީ 15 ގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
21 ޖުމާދަލްއޫލާ 1439
07 ފެބުރުވަރީ 2018