ދިވެހިރާއްޖެ
ނަންބަރު(IUL)14-E1/1/2018/ :
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ
މި އޮފީހަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަގާމު: އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ
މުސާރަ: -/5,000 ރުފިޔާ
ސަރވިސް އެލަވަންސް: -/3,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,750 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެ އާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް
ބޭނުންވާ އަދަދު: 19 (ނަވާރަ)
މަގާމުގެ ޝަރުޠު: ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިވުން.
މަގާމު: ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1
މުސާރަ: -/4,000 ރުފިޔާ
ސަރވިސް އެލަވަންސް: -/3,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 (-/1,400 ރުފިޔާ)
ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ
ވަޒީފާއަދާކުރަންޖެހޭ ތަނާއި ރަށް: މާލެ އާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް
ބޭނުންވާ އަދަދު: 05 (ފަހެއް)
މަގާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއިއެކު، މަސައްކަތުގެ ދާއިރާއަކުން ތަމްރީނެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން / އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ލިބިފައިވުން.
މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ކަސްޓަމްސްގެ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
ނޯޓް:
- މި މަގާމަށް މީހުން ހޮވާނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މި މަގާމަށް ހޮވޭ މީހުންގެ އެއް އަހަރުދުވަހުގެ ޕާފޯމަންސަށް ބަލައި، ޕާފޯމަންސް ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވިދާނެއެވެ.
- މި ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމްތަކުގެ ތެރެއިން މި އޮފީހުން ބަލައިގަނެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް އެކަންޏެވެ.
- ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަޤާމަށް މީހުން ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0,A1,B1,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކާއި، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށާއި އެ މީހެއްގެ ތަޢުލީމީ ފެންވަރަށް ރިޢާޔަތް ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލަކު ތައްގަނޑުޖަހައި ސޮއިކޮށްފައިވާ އަޞްލު ކޮޕީ)
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމަރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެލިޔުންތައް
ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބްރުވަރީ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު) ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.
22 ޖުމާދަލްއޫލާ 1439
08 ފެބްރުވަރީ 2018