ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2018/35)
އިޢުލާން
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރު މުހިއްދީން ސްކޫލަށް ސަޕްލައިކުރުމަށް ބޭނުންވެއްޖެއެވެ.
މުހިއްދީން ސްކޫލް (ކ. ވިލިމާލެ) 420 ޑެސްކު 12 ޓީޗަރސް ޓޭބަލް 12 ވައިޓް ބޯޑް 420 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) 12 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ) |
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ގްރައުންޑް ފްލޯރ، ޣާޒީ ބިލްޑިންގ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް : ކްލާސްރޫމް ފާނީޗަރ (މުހިއްދީން ސްކޫލް)" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެއެވެ. މީގެ އިތުރުން މައުލޫމާތު ޝީޓެއްވެސް ހިމެނޭނެއެވެ. މި ޑޮކިޔުމަންޓްތައް މި އިއުލާނާއެކު އެޓޭޗްކުރެވިފައި އެވަނީއެވެ. މީގެ އިތުރުން[email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ގްރައުންޑް ފްލޯރ، ޣާޒީ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.
އީމެއިލް: [email protected]