ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2018/16
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 19 ފެބުރުވަރީ 2018 01:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-148498

ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

(އެމް.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިންގ ސެކްޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

މުސާރަ

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އިތުރު ޢިނާޔަތްތައް:

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑްކުރެވިފައިހުރި ބަންދުކުރެވިފައިވާ އެކައުންޓްތަކުގެ މުއާމަލާތްތައް ރިކޮންސައިލްކުރުމާއި ކެރީފޯރވާޑް ކުރުން.

 

  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ކްރިއޭޓްކުރެވިފައިވާ ޓްރަސްޓް ފަންޑްތައް ރިކޮންސައިލްކުރުމާއި ކެރީފޯރވާޑް ކުރުން.

 

  1. ދުވަހުން ދުވަހަށް ޕަބްލިކް ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އެސް.އޭ.ޕީ ސިސްޓަމަށް އަޕްލޯޑްކުރުމުގެ މަސައްކަތްކުރުން.

 

  1. ޖެނެރަލް ލެޖަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އޮފީސްތަކުން ފޮނުވާ ޖާރނަލް ވައުޗަރތައް އެސް.އޭ.ޕީ ސިސްޓަމަށް ޕޯސްޓްކުރަމުގެ މަސައްކަތްތައް ކުރުން.

 

  1. އެމް.އެމް.އޭ ގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކާއި އެހެނިހެން ބޭންކް އެކައުންޓްތަކުގެ ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްތައް މަހުން މަހަށް ތައްޔާރުކުރަމުގެ މަސައްކަތްތައް ކުރުން.

 

  1. މަސައްކަތާއި ގުޅޭގޮތުން އަންނަ ސިޓީތަކަށް ޖަވާބުފޮނުވުން.

 

  1. ދައުލަތުގެ އަހަރީ މާލީ ބަޔާންތަކާއި ބައި އެނުއަލް/ކްއާރޓަރލީ/މަންތްލީ ހިސާބުތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  2. ދައުލަތުގެ މާލީ ބަޔާންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އޮފީސްތަކުންނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެހެނިހެން ޑިވިޜަންތަކުން ހޯދުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  3. ދައުލަތުގެ މާލީ ބަޔާންތަކާއި ދައުލަތުގެ މަސްއޫލު އޮފީސްތަކާއި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރާނެގޮތުގެ ޕްރޮސީޖަރ މެނުއަލްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  4. ބިޒްނަސް އިންޓެލިޖެންސް މޮޑިއުލްއިން މާލީ ރިޕޯޓްތަކުގެ ފޯމެޓް ޑިޒައިންކުރުމަށް އެހީތެރިވެދީ  މާލީ ބަޔާންތަކުގެ ފޯމެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން

 

 

  1. އެސް.އޭ.ޕީ.ގެ އެފް.އައި.ސީ.އޯ މޮޑިއުލްގެ، ޖީ.އެލް މޮޑިއުލް ޑިވެލޮޕްކުރުމަށް ކުރަންޖެހޭ މަސައްކަތް/ކޮންފިގަރޭޝަންގެ މަސައްކަތް ކުރުމަށް އެހީތެރިވެދީ އޮފީސްތަކަށް ލައިވް ކުރުމަށް  ކުރަންޖެހޭ މަސައްކަތް ކުރުން. މިގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އެފް.އައި.ސީ.އޯ ގެ ޖީ.އެލް މޮޑިއުލްގެ ރޯލް އައުޓްކުރެވޭ މަސައްކަތްތައް ރޯލް އައުޓްކުރުމަށް ޕްލޭން ތައްޔާރުކޮށް އެޕްލޭން އާއި އެއްގޮތަށް މަސައްކަތް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  2. އެފް.އައި.ސީ.އޯ ގެ ޖީ.އެލް މޮޑިއުލްގެ ޔޫސަރ މެނުއަލްއާއި މޮޑިއުލްއާއި ގުޅުންހުރި އެހެނިހެން ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދީ، އެންޑް ޔޫސަރ ޓްރެއިނިންގ ކުރިއަށް ގެންދިއުމާއި ލައިވް ކުރެވިފައިވާ އޮފީސްތަކަށް ރިފްރެޝަރ ޓްރެއިނިންގ ހިންގުމުގެ ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން އާއި އެއްގޮތަށް ޓްރެއިނިންތައް ހިންގުން.

 

  1. ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓް ޑިވިޜަނުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ކުރަންޖެހޭ އެހެނިހެން  މަސައްކަތްތަކުގައި ބައިވެރިވުމާއި މިގޮތައް ކުރިން ދުރާލައި ދެނެގަންނަން އުދަގޫ މަސައްކަތްތަށް ރާވައި ހިންގުމުގައި އިސްވެރިންނާއިއެކު މަސައްކަތް ކުރުން

 

މަޤާމްގެ ޝަރުތު:

 

  • ފައިނޭންސް/އެކައުންޓްސް/އޮޑިޓިންގ/ބިޒްނަސް/ކޮމަރސް/އިކޮނޮމިކްސް/އެސެޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ފައިނޭންސް/އެކައުންޓްސް/އޮޑިޓިންގ/ބިޒްނަސް/ކޮމަރސް/އިކޮނޮމިކްސް/އެސެޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުން

 

ނުވަތަ

  • ފައިނޭންސް/އެކައުންޓްސް/އޮޑިޓިންގ/ބިޒްނަސް/ކޮމަރސް/އިކޮނޮމިކްސް/އެސެޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް  ހޮވުމުގައި ބަލާނެ ކަންތައްތައް:

-          ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

-          ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

-          މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން

-          ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

-          ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

-          ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫއްކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓަރާސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

-          ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓަރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

-          މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  މި މިނިސްޓްރީގެ (www.finance.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  19 ފެބްރުއަރީ 2018 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 28 ފެބްރުއަރީ 2018 އާއި    28  މާރިޗް 2018 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349169/3349335 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3338034 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

08 ފެބުރުވަރީ 2018