ދިވެހިރާއްޖެ
Secretariat of Nilandhoo Council |
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ |
Nilandhoo, |
ނިލަންދޫ، |
North Huvadhoo Atoll, |
ދިވެހިރާއްޖެ. |
Rep. of Maldives. |
|
ނަންބަރ: (IUL)409/409/2018/03
މަސައްކަތު މީހަކު ބޭނުންވެއްޖެ |
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 01
މަޤާމް |
މަސައްކަތު |
މަޤާމުގެ ނަންބަރ |
J-227615 |
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް އެސް 1 |
މަޤާމުގެ ކުލެސިފިކޭޝަން |
ސަޕޯރޓް ސްޓާޕް ގްރޭޑް 1 |
އޮފީސް/ސެކްޝަން |
އިކޮނޮމިކް އަދި ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން |
މަޤާމް އޮތް އޮފީސް |
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ |
ވަޒީފާ އަދާ ކުރާޖެހޭތަން |
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ |
މުސާރަ |
-/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސާރވިސް އެލަވެންސް |
-/1000 (އެއްހާސް ރުފިޔާ) |
އިތުރު އިނާޔަތްތަށް |
|
މަޤާމުގެ ޝަރުތުތައް |
|
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް |
- ރަސްމީ ކޮންމެ ދުވަހެއްގައި އިދާރާ ހުޅުވުމުން އިދާރާތެރެ ކުނިކަހާ ފޮޅާސާފުކުރުމާއި ހަފްތާއެކު އެއްފަހަރު މޮޕްއަޅާ ސާފުކުރުން - ކައުންސިލް އިދާރާގެ އޭސީ، ފަންކާ، ހޮޅުބުރި، ބޮކި އަދި ސީލިންގ މަހަކު 2 ފަހަރު ފޮޅާސާފުކުރުން - ކައުންސިލް އިރާރާއިން އެކި ފަރާތްތަށް ރައްދުކުރުން ހަވާލުކުރާ ލިތުންތަށް އަމާނާތްތެރިކަމާއިއެކު އެފަރާތްތަކާ ހަވާލުކުރުން - ކައުންސިލް އިދާރާއަށް ޚާޒިރުކުރަންޖެހޭ މީހުން ހާޡިރުވުމަށް އެންގުން - ކައުންސިލް އިދާރާއިން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަން ނުވަތަ އެހެންވެސް ބޭނުމެއްގައި އިންތިޒާމްކުރަންޖެހޭ ޖަލްސާ/ ބައްދަލުވުންތަކަށް އިދާރާއިން އަންގާ ގޮތަކަށް އެތަނެއް ތައްޔާރުކުރުން - ކައުންސިލް އިދާރާގެ ގޯއްޗާއި، ގޯއްޗާއި ގުޅިފައިވާ މަގުތަކުގައިވާ ގަސްތަށް ކޮށާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން - ކައުންސިލް އިދާރާގެ ފާޚާނާތަކާއި ވަޅުތަށް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން - ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން - ކައުންސިލް އިދާރާގެ އަލަމާރިތަކާއި ފައިލިންގް ކެބިނެޓްތަކާ، ފައިލް ބަހައްޓާ ހަރުގަނޑުތަކާއި މޭޒްތަކާއި ގޮނޑިތަށްފަދަ ތަންތަން އަބަދުވެސް ސާފުތާހިރު ކަންމަތީ ބެލެހެއްޓުން - ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބަގީޗާ އިންދާ ހައްދާ ބެލެހެއްޓުން - ރަށުގައި މަދިރި/ ހުވަނި ކޮންޓްރޯލް ކުރުމައްޓަކާ ފޮގްކުރުމުގެ މަސައްކަތް ކުރާއިރު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެމަސައްކަތެއްގައި ބައިވެރިވުން - މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ރަސްމީ މަސައްކަތްތަށް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުަމަށް ބެލެވޭ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތަށް |
v ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ގއ.ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެ) v ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން v ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް v ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.( ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ v ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ. v މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ: (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) v ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށްޓަކާ ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ، ތަން އިއުލާންގެ މުއްދަތު ހަމަވާތާ ތިންދުވަސް ތެރޭގައި އެންގޭނެއެވެ. އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު ގއ.ނިލަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ގއ.ނިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދިވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިތުރު މަޢުލޫމާުތް |
މިއިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުއްވުމަށް ގުޅުއްވާނީ 6820018 ނަންބަރ އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވެމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. |
21 ޖުމާދިލްއައްވަލް 1439
07 ފެބްރުއަރީ 2018