ދިވެހިރާއްޖެ
ނަންބަރު:(IUL)MMPRC/1/2018/6
އިޢުލާން
2018 ވަނަ އަހަރުގެ މާރިޗު މަހުގެ 07 ން 11 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައާއި އަދި މޯލްޑިވިއަން ނައިޓްގައި ލައިވް މިއުޒިކް ކުޅެދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)MMPRC/1/2017/62 (12 ޑިސެމްބަރު 2017) އިޢުލާނު ބާތިލްކުރުމާއި ގުޅިގެން، އަލުން އެ އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބުރުވަރީ 12ވާ ހޯމަ ދުވަހުގެ މެނދުރު 02:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު މިކޯޕަރޭޝަންގެ ވެބްސައިޓް އިން ލިބެން ހުނާނެވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.
21 ޖުމާދިލްއޫލާ 1439 ހ.
07 ފެބްރުވަރީ 2018 މ.