ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-B/327/2018/18
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 14 ފެބުރުވަރީ 2018 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރުގެ ފަޅާއި، ބަނދަރާއި އަދި ކަނޑުތޮއްޓާ އެއްގަމު ތޮށީގައި އޮޑި ދޯނި ފަހަރު އަޅާއި ބެލެހެއްޓުމާއި އެތަންތަނުން ފީނެގުމާއި ބެހޭ ޤަވާޢިދު

ތާރީޚް: 07 ފެބުރުވަރީ 2018

ނަންބަރު: (IUL)327-B/327/2018/18

ފާދިއްޕޮޅު ނައިފަރުގެ ފަޅާއި، ބަނދަރާއި އަދި ކަނޑުތޮއްޓާ އެއްގަމު ތޮށީގައި އޮޑި ދޯނި ފަހަރު އަޅާއި ބެލެހެއްޓުމާއި އެތަންތަނުން ފީނެގުމާއި ބެހޭ ޤަވާޢިދު

 

ޤާނޫނު ނަމްބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާ އާއެކު އެމާއްދާގެ (އ) ގެ ދަށުން ފާދިއްޕޮޅު ނައިފަރުގެ ފަޅާއި، ބަނދަރާއި އަދި ކަނޑުތޮއްޓާ އެއްގަމު ތޮށީގައި އޮޑި ދޯނި ފަހަރު އަޅާއި ބެލެހެއްޓުމާއި އެތަންތަނުން ފީނެގުމާއި ބެހޭ ޤަވާޢިދު ފާސްކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި ހުޅުވާލީމެވެ.

 

ވީމާ މިޤަވާއިދަށް އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ފުޅުވާނާމަ 15 ފެބުރުވަރީ 2018 (ބުރާސްފަތި) ދުވަހުގެ 14:00 ކުރިން ލިޔުމަކުން މިއިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.

 

މިޤަވާއިދުގެ ޑްރާފްޓް ނައިފަރު ކައުންސިލް އިދާރާގެ ވެބްސައިޓް www.naifaru.gov.mv އިންވެސް ފެންނަން ހުންނާނެއެވެ.

07 ފެބުރުވަރީ 2018