މަސައްކަތް
ނަންބަރު: (IUL)403-A/403/2018/11
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 20 ފެބުރުވަރީ 2018 11:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާމެންދޫ ރައްޔިތުންގެ ޕްރީސްކޫލު މަރާމާތު ކުރުމާއި ބެހޭ

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

        މާމެންދޫ                                              

        ދިވެހިރާއްޖެ

ނަންބަރ: (IUL)403-A/403/2018/11

 

އިޢުލާނު  

 

މާމެންދޫ ރައްޔިތުންގެ ޕްރީސްކޫލް މަރާމާތުތައް ކުރުމާއި ބެހޭ

ލ.މާމެންދޫ ރައްޔިތުންގެ ޕްރީސްކޫލްގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.                                  

  • މަޢުލޫމާތު ސާފުކުރުން: 13 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް
  • ·        ޕްރޮޕޯސަލް ހުށަހެޅުން: 20 ފެބުރުވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީގެ އިތުރުން ވަޑައިގަންނަވާ ފަރާތުގެ ކާކުކަން އެނގޭނެ ސަރުކާރުގެ ރަސްމީ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ކޮޕީ ގެންނަންވާނެއެވެ. 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

20 ޖުމާދަލްޢޫލާ 1439

06 ފެބުރުވަރީ 2018

 

                                                   ޙުސައިން ޙަބީބު ޢަލީ

                                                     ކައުންސިލްގެ ނ.ރައީސް   

06 ފެބުރުވަރީ 2018