ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2018/27
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 15 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސައިޓް ސުޕަވައިޒަރ

މަޤާމް :ސައިޓް ސުޕަވައިޒަރ
ބޭނުންވާ އަދަދު :1

އިޢުލާން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޏ. ފުވައްމުލަކުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓު މަޝްރޫއަށް ކޮންޓްރެކްޓް އުސޫލުން ސައިޓް ސުޕަވައިޒަރ މަޤާމަށް މީހަކު ހޯދުމަށް އިއުލާންކުރަމެވެ. މި މަޝްރޫއާއި ގުޅޭ އިތުރު ތަފްސީލް ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމްވެފައި ހުންނަރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސައިޓް ސުޕަވައިޒަރ

ޏ. ފުވައްމުލައް

ޏ. ފުވައްމުލައް

1

ފެންވަރު ނުވަތަ ޝަރުތު:

-        މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ؛

-        މަސައްކަތުގެ މަޤާމާއި ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-        ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

-        ދިވެހިބަހާއި އިގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

-        މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ. ސިޓީއާއެކު ވަނަވަރު، އައި.ޑީ ކާޑު. ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖްރިބާ އަދި ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރް) މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. މި މަޤާމްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޮނުވާ ސިޓީ އަދި އެހެނިހެން ލިޔުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު. މާފަންނު، މާލެ) ކައުންޓަރަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ. ނުވަތަ ލިޔުންތައް [email protected] އަށް ފޮނުވައި ދެއްވުން އެދެމެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން:     3004193 / 3004300      ފެކްސް: 3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

21 ޖުމާދަލްއޫލާ 1439

07 ފެބުރުވަރީ 2018

07 ފެބުރުވަރީ 2018