މަސައްކަތް
ނަންބަރު: (IUL)237-A1/237/2018/7
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 22 ފެބުރުވަރީ 2018 14:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމާގުޅޭ

ނަންބަރު:IUL)237-A1/237/2018/7)

އިޢުލާން

މިއިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ. އިމްތިޙާން އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސްގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

  • ބޭނުންވާ ޢަދަދު: 02

ޝަރުތު:

1. ފާއިތުވި 03 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

2. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް

3. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތުން.

4. އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި، ރަގަނޅު ޞިއްޙަތެއްގައި ހުރުން.

5. ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

6. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައިނުވުން.

އުޖޫރަ:

  •  ޓެސްޓްކުރާ ކޮންމެ A, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ.
  •  އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 22 ފެބްރުވަރީ 2017 ވަނަދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

07 ފެބުރުވަރީ 2018