ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2018/30
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 14 ފެބުރުވަރީ 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާގޮތުގެ މަތިން އޮފީސް ހުޅުވާލެއްޕުން.
  • ދަރިވަރުން ގެންނަ އެސައިންމަންޓްތައް ބަލައިގަނެ ލިސްޓް ތައްޔާރުކޮށް ލެކްޗަރާއިންނާ ޙަވާލުކުރުން.
  • ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާރޓްޓައިމް ފުލްޓައިމް ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިވުން.
  • ޕާރޓައިމް ލެކްޗަރަރއިންގެ އެގްރިމަންޓްތައް ތައްޔާރުކޮށް އަދި ނަންގަވާ ގަޑިތަކުގެ ރެކޯޑް ކޮންމެ މަހެއް 15އިގެ ކުރިން މަރުކަޒީ އިދާރާއަށް ފޮނުވުން.
  • ބާއްވާ އެކިއެކި މީޓިންގތަކުގެ ޔައުމިއްޔާލިޔެ އަދި މީޓިންގ ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  • ކޯސްތަކާ ބެހޭގޮތުން ދަރިވަރުން ފޮނުވާ ލިޔެކިޔުންތައް ލިބުމުން އެކަމާބެހޭ ކޯޑިނޭޓަރެއްގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުން.
  • އިމްތިޙާންގެ ކަންތައްތައް ބެލެހެއްޓުމާއި އެކަމަށް ހޯލްތެރެ ތައްޔާރުކުރުން.
  • އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރު ގަޑީގެ ޑިއުޓީއަށް ނިކުތުން.
  • ލޮކަރދޫކުރުން / ލޮކަރބެލެހެއްޓުން.
  • ޑީންއަށް ފޮތް އިންޓަރނެޓުން ޑައުންލޯޑް ކޮށްދިނުން.
  • ލެކްޗަރަރައިންނަށް ރިސަރޗްގައި އެހީތެރިވުން.
  • ކައުންޓަރ ބެލެހެއްޓުމާއި ފޯނަށް ޖަވާބުދިނުން.
  • ހުރިހާ އެކެޑެމިކްއާ ބެހޭކަންތައްތައް ބެލެހެއްޓުން.
  • މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

07 ފެބުރުވަރީ 2018