ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-A/374/2018/16
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 18 ފެބުރުވަރީ 2018 13:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 02 މެމްބަރުން އިންތިޚާބުކުރުން.

އިޢުލާނު

ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 02 މެމްބަރުން އިންތިޚާބުކުރުން.

މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ 02 މެމްބަރުންގެ ބަދަލުގައި 02 މެމްބަރުން ހޮވުމަށް 2018 މާރިޗް 10 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވުމާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު (ނަމްބަރު 2012/R-14 ) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދި 2018 ފެބްރުވަރީ 07 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 ން ފެށިގެން 2018 ފެބްރުވަރީ 18 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 01:30 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލަމެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) ފ. ނިލަންދޫ އަންހެނުންގެ ތެރެއިން މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) ފ. ނިލަންދޫގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.

(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހަކު ކަމުގައިވުން.

(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހަކު ކަމުގައި ނުވުން.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

(ޅ) އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.

(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.

(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެޙުކުމް ތަންފީޛު ކޮށްފައިވާ މީހަކަށް ނުވުން.

(މ) ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޤާމެއްގައި  ހުރި މީހަކު ކަމުގައި ނުވުން.

 

2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ނިލަންދޫ ކައުންސިލް އިދާރާއަށް ހުށަހަޅަން ވާނެއެވެ.

(ހ) ފުރިހަމަ ނަން.

(ށ) އުފަން ތާރީޚް.

(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމްބަރު: (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާއެކު)

(ރ) ދާއިމީ އެޑްރެސް. (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)

(ބ) މިހާރު ދިރިއުޅޭ އެޑްރެސް. (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)

(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް.

(ކ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި ދަޢުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން:

(އ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ 250/- (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން)

(ވ) އެމީހަކު އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަޞްދުކުރާނަމަ އެ ނިޝާން.

(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ރަށު އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު (ނަމްބަރު 2012/R-14 ) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމްގައިވާ) އިޤުރާރުވެ، އެ އިޤުރާރު.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2018 ފެބްރުވަރީ 07 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 ން ފެށިގެން 2018 ފެބްރުވަރީ 18 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 01:30 އާ ހަމަޔަށް ރަށު ކައުންސިލްގެ އިދާރާއިންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 01:30 އާ ހަމަޔަށެވެ. ފޯމް ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމް ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްނެގުމަށް ހަމަޖައްސާފައިވަނީ 2018 މާރިޗް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ހަވީރު 04:00 އަށެވެ. އަދި ވޯޓް ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓުނަގާ ނިމޭތާ 30 މިނިޓް ހަމަވުމަށްފަހުގައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ޖުމާދަލްއާޚިރާ 1439

06 ފެބްރުވަރީ 2018

 

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

06 ފެބުރުވަރީ 2018