މަސައްކަތް
ނަންބަރު: (IUL)GS-90PRIV20189
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 13 ފެބުރުވަރީ 2018 10:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ޢިމާރަތްކުރަން ފަށާފައި ހުރި ފާޚާނާ ބަރީގެ މަސައްކަތް ނިންމުން.

މިސްކޫލުގައި ހަދަންފަށާފައިހުރި ފައުންޑޭޝަން ސުޓޭޖްގެ ފާޚާނާބަރީގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން 21 ޖެނުއަރީ 2018 ގައި ކުރެވުނު ނަންބަރު (IUL)GS-90/PRIV/2018/8) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

          މިމަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ އޭވީ ރޫމްގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2018 ފެބްރުއަރީ 13 ވާ އަންގާރަ ދުވަހުގެ 10:00

2018 ފެބްރުއަރީ 21 ވާ ބުދަ ދުވަހުގެ 10:00

.

          މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

    މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވެމެވެ.

06 ފެބުރުވަރީ 2018