ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2018/24
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 19 ފެބުރުވަރީ 2018 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ "މަސްޖިދުލް ޤިޔާސުއްދީން" އިން ހުސްވެފައިވާ އިމާމް އަދި މަސައްކަތު މަޤާމުގައި ވަގުތީގޮތުން މަސައްކަތްކޮށްދެއްވާނެ މުވައްޒަފުން ހޯދުން

މަޤާމް :01 އިމާމް / މުދިމް (ވަގުތީ) ، 01 މަސައްކަތު (ވަގުތީ)
ބޭނުންވާ އަދަދު :2

ނަންބަރު:                            ނަންބަރު: IUL)321-A/321/2018/24)    

އިޢުލާން

                       މިރަށު "މަސްޖިދުލް ޤިޔާސުއްދީން" އިން ހުސްވެފައިވާ އިމާމް އަދި މަސައްކަތު މަޤާމަށް ދާއިމީ މުވައްޒަފަކު ހަމަޖެހެންދެން އެދެމަޤާމްގައި ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތް ކޮށްދެއްވާނެ މުވައްޒަފަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމް

ބޭނުންވާ ޢަދަދު

މަޤާމުގެ ގިންތި

އިމާމް / މުދިމް

01

ވަގުތީ

މަސައްކަތު

01

ވަގުތީ

 

   ވަޒީފާ އަދާކުރަންޖެހޭތަން: ބ. ތުޅާދޫ މަސްޖިދުލް ޤިޔާސުއްދީން

   އުޖޫރަ: އިމާމް 56.00 (ފަންސާސް ހަރުފިޔާ) ކޮންމެ ނަމާދު ވަގުތަކަށް

      މުދިމް 48.00 (ސާޅީސް އަށް ރުފިޔާ) ކޮންމެ ނަމާދު ވަގުތަކަށް

      މަސައްކަތު 40.00 (ސާޅީސް ރުފިޔާ) ގަޑިއަރަކަށް

 

މަޤާމުގެ ޝަރުތުތައް:

އިމާމް:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

- މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،

- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،

- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މުދިމް:

·މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ

- ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ

-ޤުރްއާން ރީއްޗަށް ކިޔަވަން އެނގުމާއި، ބަންގިގޮވުމާއި އަދި ނަމާދުކުރަން އެނގުން 

މަސައްކަތު

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

 

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 

 

އިމާމް / މުދިމް

  1. އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައްބަލާ ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން
  2. މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެ ކަމެއް އިދާރާއަށް އަންގައި އެކަން ރަގަޅު ކުރެވޭތޯ ބެލުން
  3. މިސްކިތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކާއި ފާޚާނާބަރިއާއި ވަޅުދޮށް ސާފުކުރުން 
  4. އިދާރާއިން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދުކުރުން. އަދި މިސްކިތުގައި އިމާމުވެ ތަރާވީޙްނަމާދާއި ކަށުނަމާދު ކުރުން
  5. މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ މަޤްޞަދުތަކާއި އަމާޒުތަކާއި ލަނޑުދަޑިތައް ޙާޞިލްކުރުމުގައި، ޚަރަދުކުޑަކޮށް ފެންވަރުރަގަޅުކޮށް ރައްޔިތުންނަށް ފައިދާވާނޭހެން މަސައްކަތްކުރުން
  6. މިސްކިތުގެ އިމާމަކު އިދާރާއަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތައްދިއުމަށް ޢުޒުރުވެރިވެއްޖެނަމަ، އެދުވަހުގެ ބާކީ އޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުން. (މިގޮތުން ޙަވާލުކުރައްވާ އިމާމަކީ ތަޖްވީދުމަގުން ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކަށް ވާންވާނެއެވެ.) އަދި އެކަން ކައުންސިލްގެ އިދާރާއަށް އެންގުން
  7. ރަސްމީދުވަސް ތަކުގައި 13:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށްދުރުވެ ޙާޟިރީގައި ސޮއިކުރުން
  8. މިސްކިތްތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި، ފަންކާ ފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން
  9. މުވައްޒަފާ ޙަވާލުކުރެވޭ ކަންކަން އެކަމެއް ނިންމަންޖެހޭ ވަގުތުގައި ނިންމުން އަދި ކުރާ މަސައްކަތް ޕްރޮފެޝަނަލްކަމާއެކު ކަމަށް ކަމޭހިތައިގެން ކުރުން
  10. މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުން
  11. މިސްކިތާއި ބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހައި، އެޝަކުވާތައް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން
  12. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ ކަންކަން ކުރުން

މަސައްކަތު

  1. އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމް/މުދިމް އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން. ކޮންމެ ނަމާދެއް ވަގުތުޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށް އެރުން
  2. އިދާރާއިން ނުވަތަ މުދިމް/އިމާމް އިންތިޒާމްކުރާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކަތްތަކުގައި އެތަންތަންދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި، ވިނަނޮޅުމާއި، ކުނިއުކާލުމުގެ މަސައްކަތްކުރުން
  3. މިސްކިތުގެ ވަޅު ދިޔަހިއްކާ ސާފުކުރުން
  4. އިމާމް / މުދިމް އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް އިދާރާއިން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިއްވުން
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން މުދިމް / އިމާމް އަށާއި އިދާރާއަށް އަންގަމުން ގެންދިއުން
  6. އިދާރާއިންނާއި އިމާމް/މުދިމް ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން
  7. މީގެއިތުރުންވެސް މިސްކިތާއިގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންކަން ކުރުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.                             މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:ވަޒީފާއަށްއެދޭ ފޯމު މާޅޮސްމަޑުލުދެކުނުބުރީ ތުޅާދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 19 ފެބްރުވަރީ 2018 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.                        އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެ އެވެ.

ޝޯޓް ލިސްޓްކުރުން:

 

 މިވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 05   ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

އިމާމް / މުދިމް: %30 (ތިރީސް އިންސައްތަ)

މަސައްކަތު: %25 (ފަންސަވީސް އިންސައްތަ)

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. 

 19 ޖުމާދަލްއޫލާ 1439

                       05  ފެބްރުވަރީ  2018     

    

05 ފެބުރުވަރީ 2018