މަސައްކަތް
ނަންބަރު: (IUL)342/INDIV/2018/13
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 21 ފެބުރުވަރީ 2018 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޓީންގ ހޯލްގެ ފިނިޝިންގ މަސައްކަތާއިބެހ

އިޢުލާން

 

މީޓީންގ ހޯލްގެ ފިނިޝިންގ މަސައްކަތާއިބެހޭ :

         

         މިކައުންސިލްގެ ގޯތިތެރޭގައި ޢިމާރާތް ކޮށްފައިވާ މީޓިންގ ހޯލާއި ސައި ކޮޓަރި އަދި ބަދިގެ ފާޚާނާ ސީލިންގްކުރުމާއި ކަރަންޓް ވައިރުކުރުމާއި މުށި ޖެހުމާއި ކުލަލުމުގެ މަސައްކަތްކޮށް ޢިމާރާތް ނިންމަދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރ: (IUL)342/INDIV/2018/02 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވަތީވެ، އެއިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 7 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުން ފެށިގެން 14 ފެބުރުއަރީ 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މި މަސައްކަތައް ތައްޔާރުކޮށްފައިވާ ބިޑުފޮތް ގަތުމަށްފަހު 21 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

ބިޑުފޮތުގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ކުރީގެ އިޢުލާނަށް ބިޑުފޮތް ގަނެފައިވާފަރާތްތަކުން މިއިޢުލާނަށް ބިޑުފޮތް ގަތުމަށް ފައިސާދައްކާކަށް ނުޖެހޭނެއެވެ.

          މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

          ބިޑުފޮތް ނުގަންނަ ފަރާތްތަކުން  ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          19 ޖުމާދުލް އޫލާ 1439

         05 ފެބުރުއަރީ 2018

05 ފެބުރުވަރީ 2018