ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
މާލެ، ދިވެހިރާއްޖެ
އިޢުލާން
FHS-153-MED/2018/07 ނަންބަރު:
މިފެކަލްޓީގެ ނަމްބަރު: FHS-153-MED/2018/6 އިޢުލާނު ގައި ލިޔެވިފައިވަނީ ބޯޑު އޮފް ހެލްތު ސައިންސަސް އެވެ.
ނަމަވެސް ރަނގަޅު ގޮތަކީ އެލައިޑު ހެލްތު ކައުންސިލް އެވެ. ވުމާއެކު އެކުށް އިސްލާޙު ކޮށް އަލުން އިޢުލާނު ކުރަމެވެ.
އެލައިޑު ހެލްތު ކައުންސިލްގައި ރަޖިސްޓަރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިޙާނާބެހޭ.
ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރިގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ފެބުރުވަރީ |
12 ، 26 |
2 |
މާރިޗު |
12 ، 26 |
3 |
އެޕްރީލް |
9 ، 23 |
4 |
މެއި |
7 ، 21 |
5 |
ޖޫން |
4 ، 18 |
6 |
ޖުލައި |
2، 16، 30 |
7 |
އޮގަސްޓް |
13، 27 |
8 |
ސެޕްޓެމްބަރު |
10، 24 |
9 |
އޮކްޓޯބަރު |
8، 22 |
10 |
ނޮވެމްބަރު |
5، 19 |
11 |
ޑިސެމްބަރު |
3 |
އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- އިމްތިޙާނު އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނައި) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
- އިމްތިޙާނު އޮންނަ ދުވަހު އިމްތިޙާނު ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ހާޒިރުވުން.
- އިމްތިޙާނަށް ހާޒިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ) ، ނެޝަނަލް އައި. ޑީ ކާޑު (ދިވެއްސެއްނަމަ) ، އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި އެލައިޑް ހެލްތް ކައުންސިލް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެކައުންސިލުން ދެއްވާ އިންޓަރވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
19 ޖުމާދަލްއޫލާ 1439
05 ފެބްރުވަރީ 2018