ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2018/8
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 22 ފެބުރުވަރީ 2018 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"6 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ޑްރަމްސް އެންޑް ފޯކްލޯ" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އާއި މިނިސްޓްރީ އޮފް އެންޓިކިއުޓީސް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ އޭޕްރިލް މަހުގެ 20 ން 26 އަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ޑްރަމްސް އެންޑް ފޯކްލޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 13 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މި ޓްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕްއަކުންނެވެ. އަދި މި ފެސްޓިވަލްގައި ބޭނުންކުރެވޭނީ ސަގާފީ މިއުޒިކާއި ނެށުމެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 22 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

05 ފެބުރުވަރީ 2018