ދިވެހިރާއްޖެ
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
ބ.ފެހެންދޫ ޞިއްޙީމަރުކަޒު ހިންގުމަށް މިހޮސްޕިޓަލުންކުރި ނަމްބަރު 15/2017/BAH/BAH-AHR (IUL) 27 ޑިސެންބަރު 2017 އިޢުލާނާގުޅިގެން މަޢުލޫމާތު ދިނުމަށް ތައްޔާރުކުރެވުނު ޝީޓުގައިވާ ޕޮއިންޓްދޭނެ އުޞޫލަށް އިސްލާޙެއް ގެންނަންޖެހޭތީވެ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، ބ.ފެހެންދޫ ޞިއްޙީމަރުކަޒު ހިންގުމަށް (2 ކޮޓަރި، ސިޓިންގރޫމް، ފާޚާނާ ހިމެނޭ) އިމާރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުވަރީ 2018 ވާ ބުދަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ފެހެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ފެބްރުވަރީ 2018 ވާ އަންގާރަ ދުވަހު 13:00 އަށް ގެ ކުއްޔަށްދެވޭނެއަގު ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.