ދިވެހިރާއްޖެ
ރަމަޟާންމަހަށް ޚާއްސަކޮށްގެން ކަރާއިންދުމުގެ މަސައްކަތްކުރުމަށްޓަކައި ނަރުދަމާ ނިޒާމުގެ ގޯތިތެރޭގައި އޮތް ހުސްބިމާއި ނަރުދަމާ ނިޒާމުގެ އިރުން ސާފުކޮށްފައި އޮތް 28000 ހާސް އަކަފޫޓްގެ ހުސްބިން ދެބައިކޮށް 2018 މާރިޗް މަހުން ފެށިގެން 5 (ފަހެއް) މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިބިންތައް ކުއްޔަށް ދޫކުރާނީ ބިޑް އުސޫލުން އިއުލާންކޮށް އެންމެ މަތީ އަގެއް ހުށަހަޅާފަރާތަކަށެވެ. ބިމުކުލީގެ ގޮތުގައި ފެށޭއަގަކީ ބިމުގެ އަކަފޫޓަކަށް މަހަކު 10 (ލާރި) އެވެ.
ވީމާ ބިންހޯއްދެވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅުން 2018 ފެބުރުވަރީ މަހުގެ 13 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުވަރީ 15ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ ކުންފުންޏެއްގެ ފަރާތުން ކަމުގައި ވާނަމަ މައުލޫމާތު ސާފުކުރުމުގެ 01 ގަނޑިއިރު ކުރިން އެކަން ބަޔާންކޮށް މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މައުލޫމާތު ލިޔުމުން މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަ ކޮށްފައިނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންފަރާތެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 01 ގަނޑިއިރުކުރިން އެކަން ބަޔާންކޮށް އެބޭފުޅެއްގެ ލިޔުމެއް ސޮޔާއި އެކު މިއިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ސިޓީއުރައިގެ ބޭރުގައި "ކަރާހެއްދުމުގެ މަސައްކަތް ކުރުމަށް ބިން ލިބުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
18 ޖުމާދަލްއޫލާ 1439
04ފެބުރުވަރީ 2018