ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340/340 /2018/ 01
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 13 ފެބުރުވަރީ 2018 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމް:

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ     

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އެކޮނޮމިކް.ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ. ރަސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

4’465/- ރުފިޔާ.

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ.

ބޭނުންވާ ޢަދަދު:

01 (އެކެއް).

މަޤާމުގެ ގިންތި:

ވަގުތީ.

މަޤާމުގެ މުއްދަތު ހަމަވާ ތާރީޚް:

15 ޖޫން 2018

 

މަގާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެންޑް ކޯޕަރޭޓިވް ކޮމިއުނިކޭޝަން، ބިޒަނަސް ލޯ، ޕަބްލިކް ރެންސްޕޮންސްބިލިޓީ އެންޑް އެތިކްސް، މެނޭޖްމަންޓް އެންޑް ކޯޕަރޭޝަން، ނޮން-ޕޮރޮފިޓް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްބްލިކް އެޑްމިނިސްޓްރޭޝަން މި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ތައްޔާރުކުރުމަށް ބިމާބެހޭ ވުޒާރާ ނުވަތަ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުން އެދިވަޑައިގަންނަވާ މަޢުލޫމާތު އެފަރާތްތަކަށް ފޮނުވުން.
  2. ޤައުމީ ތަރައްޤީގެ ޕްލޭނަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށުގެ ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވުން.
  3. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަޅާއި، ފަރުފަދަ ގުދުރަތީ ވަޞީލަތްތައް ބޭނުންކުރާނޭ ގޮތުގެ ޕްލޭން ކައުންސިލްގެ މަސްވަރާގެމަތިން އެކުލަވާލާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުން.
  4. ރަށުގެ އާބާދީގެ އެންމެހާކަންކަމާއި، ތަފާސްހިސާބުތަކާބެހޭ އެންމެހައި ކަންކަން ލިޔެ ބެލެހެއްޓުން.
  5. ރަށަށް އަރާފައިބާ ބިދޭސީންގެ ދަފްތަރު ތައްޔާރުކޮށް ލިޔެ ބެލެހެއްޓުމާއި ބިދޭސީންގެ ރެކޯޑްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. ރަށުގެ މުނިސިޕަލް ސަރވިސް އާއި ގުޅޭ ޚިދުމަތްތަކުގެ މަސައްކަތްތައްކުރުމާއި މިކަމާގުޅުންހުރި ހުރިހައިކަމެއް ގެ ރެކޯޑުތައް ލިޔެ ބެލެހެއްޓުން.
  7. ކައުންސިލުން ކޮށްމެ 6 މަހަކުން އެއްފަހަރު ފޮނުވާ ހަމަސްދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  8. ކައުންސިލްގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީކަށް ފޮނުވުން.
  9. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު:         (ކަނޑައެޅިފައިވާ އިންސައްތަ 38%)
  2. ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން:       (ކަނޑައެޅިފައިވާ އިންސައްތަ 5%)
  3. ލިބިފައިވާ މަސައްކަތު ތަޖުރިބާ:         (ކަނޑައެޅިފައިވާ އިންސައްތަ 14%)
  4. ލިބިފައިވާ ހުނަރު / އިންޓަވިއު:         (ކަނޑައެޅިފައިވާ އިންސައްތަ 43%)

 

         

 

އިންޓަރވިއުއަދިޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެ އެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި ވަޒީފާއަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެ އެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެ އެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، 30% (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2018 ފެބްރުވަރީ  13 ވާ އަންގާރަ ދުވަހު މެންދުރު 13:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ އަށެވެ.

 

އިތުރު އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފއިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި މަގާމާއި ކުރިމަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ، 6660714 ނަންބަރު ފޯނާ އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

04 ފެބުރުވަރީ 2018