މަސައްކަތް
ނަންބަރު: A-352/2018/008
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 22:59
ސުންގަޑި: 08 ފެބުރުވަރީ 2018 13:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާގެ ވޮލީކޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން.

        އދ.ދަނގެތީ ސްޕޯޓްސް އެރީނާގެ ވޮލީކޯޓް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން 2018 ފެބްރުވަރީ 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2018 ފެބްރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

        އަދި ދަންނަވަމެވެ. މިމަސައްކަތަކީ، މުޅިރާއްޖޭގެ އެކިއަތޮޅުތަކުގައި ބާއްވާ ވޮލީމުބާރާތްތަކުގެ ތެރެއިން  އދ. އަތޮޅުގައި ބާއްވާ ވޮލީ މުބާރާތުގައި ދަނގެތީ ޓީމެއް ބައިވެރިވެފައިވާތީއާއި އަދި އދ. އަތޮޅުގެ މުބާރާތް ބޭއްވެނީ ދަނގެތީގައިކަމުން މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރަށް އަވަހަށް ކުރަން ބޭނުންވާ މަސައްކަތެކެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ފެބުރުވަރީ 2018