ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)236-AHI/236/2018/3
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 22:18
ސުންގަޑި: 22 ފެބުރުވަރީ 2018 12:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މުލަކަތޮޅު ފާންތަރި އެވޯޑްގެ 2018 " އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާނު

          މުލަކަތޮޅަށް ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައްކޮށްދީފައިވާ ފަރާތްތަކާއި، އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް ތަފާތު އެކިދާއިރާތަކުން ކޮށްދެމުންދާ ފަރާތްތަކާއި އަދި 2017 ވަނަ އަހަރު މުލަކަތޮޅަށް ފަޚުރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކާއި އަތޮޅަށް އެންމެ ހިންގުންތެރި ކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކްލަބު ޖަމްޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެގޮތުން މ. އަތޮޅުން ބާއްވާ "މުލަކަތޮޅު ފާންތަރި އެވޯޑް" ދިނުމުގެ ޖަލްސާ މިއަހަރުވެސް ބާއްވާގޮތަށް މ. އަތޮޅު ކައުންސިލްއިން ވަނީ ނިންމާފައެވެ. މިގޮތުން މިއަހަރު އިނާމު ދިނުމަށް ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތައް ތިރީގައި މިވަނީއެވެ.

އެވޯޑް ދިނުމަށް ކަނޑައަޅާ ދާއިރާތައް

  1. މަތީދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އިނާމު
  2. ކައުންސިލުންދޭ ޚާއްޞަ އިނާމު
  3. ހިންގުންތެރިކަމުގެ އިނާމު
  4. މުދައްރިސުންނަށް ދެވޭ އެވޯޑް
  5. ޚާއްސަ އިނާމް
  6. މަސްވެރިންގެ އިނާމް

           ވީމާ، މުލަކަތޮޅު ފާންތަރި އެވޯޑްދިނުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެމަތިން އެވޯޑަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން 22 ފެބުރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވާ މ. އަތޮޅު ކައުންސިލް އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6720600 ،7764902 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މ. އަތޮޅު ކައުންސިލް އިދާރާއިންނާއި މ. އަތޮޅު ރަށްރަށު ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. އަދި މި އެވޯޑްއާއިބެހޭ އެންމެހާ މަޢުލޫމާތު މ. އަތޮޅު ކައުންސިލްގެ ވެބްސައިޓް  www.meem.gov.mv އިން ލިބެން ހުންނާނެއެވެ.

                   15 ޖުމާދަލްއޫލާ 1439   

               

01 ފެބުރުވަރީ 2018