މުބާރާތް
ނަންބަރު: (IUL)160-A/1/2018/12
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 08 ފެބުރުވަރީ 2018 12:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
25 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ރިސައިޓް އޮފް ދަ ހޮލީޤުރުއާނ

25 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ރިސައިޓް އޮފް ދަ ހޮލީޤުރުއާން

 

    މިޞްރު/ ޤާހިރާގައި 2018 ވަނަ އަހަރު މާރީޗު 24 ން 29 ށް  ބޭއްވުމަށް ހަމަޖެހިފައިވާ "25 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން" ގައި ބައިވެރިވުމުގެ ދައުވަތުވަނީ ރާއްޖެއަށް ލިބިފައެވެ. މިމުބާރާތުގައި ތިރީގައި މިވާ ގޮފިތަކުގައި ( ކޮންމެ ގޮތްޕަކުން/ބައިވެރިން) ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ 2 ބޭފުޅުންނަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މެލޭޝިޔާ ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މި މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ބައިނަލް އަޢްވާމީ މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3.  ޢުމުރުން 25 އަހަރުފުރިހަމަ ވެފައި ނުވުން.
  4. ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށާއި ކުރުރާގަށް ކިޔަން އެނގުން / ހިތުދަސްކޮށްގެން ތިލާވަތުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގުން.
  5. އިސްލާމީ ތުރުހީއްޔާގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

01 ފެބުރުވަރީ 2018