މަސައްކަތް
ނަންބަރު: (IUL)22-G/22/2018/11
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 08 ފެބުރުވަރީ 2018 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގއ. ނިލަންދޫ ސްކޫލްގައި 4 ކްލާސްރޫމް އިމާރާތް ކުރުން

ނަންބަރ:  11/IUL)22-G/22/2018)

 

                                 އިޢުލާން

 

ގއ. ނިލަންދޫ ސްކޫލްގައި 4 ކްލާސްރޫމް އިމާރާތް ކުރުން

 

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ގއ. ނިލަންދޫ ސްކޫލްގައި 4 ކްލާސްރޫމް އިމާރާތް ކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޤާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

8 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

 

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

      މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.

 

1 ފެބުރުވަރީ 2018

01 ފެބުރުވަރީ 2018