މަސައްކަތް
ނަންބަރު: FFC/I/2018/13
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 08 ފެބުރުވަރީ 2018 16:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

 

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި (ޅ.ފެލިވަރުގައި) ކޭބަލް ޓީވީގެ ޚިދުމަތް އަންނަނިވި ޢުޞޫލުން ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ކޭބަލް ޓީވީގެ ޚިދުމަތް ޅ.ފެލިވަރުގައި އެންމެ މަދުވެގެން 25 ޕޮއިންޓަށް (ކޮންމެ ޕޮއިންޓަކަށް އެސް.ޓީ.ބީ އެއްމެދުވެރިކޮށް އެޗް.ޑީ ކޮލިޓީގައި) ފޯރުކޮށްދޭންވާނެއެވެ.

  • ޖުމްލަ މަހުފީގެ ގޮތުގައި -/10000 ރުފިޔާއަށްވުރެ ބޮޑުވެގެންނުވާނެއެވެ.
  •   ރާއްޖެ ހުރިހާ ޗެނަލްތައް ހިމެނޭގޮތަށް މަދުވެގެން 50 ޗެނެލް ހިމެނެންވާނެއެވެ. (ސްޓާ ޕްލަސް، ސޮނީ، އަދި ފުޓްބޯޅަ ކުރިކެޓް ދައްކާ ޗެނެލްތައްވެސް ހިމެނޭގޮތަށް)
  • ކަނެކްޝަންގުޅާދިނުމާއި ހުރިހާ އާލާތްތައް ފޯރުކޮށްދޭންވާނެއެވެ.

ވީމާ، މިކަމަށްއެދި ޝަޢުޤުވެރިވާ ފަރާތްތަކުން 08 ފެބްރުއަރީ 2018 ވާ ބުރާސްފަތިދުވަހުގެ 16:00 ގެކުރިން [email protected] އަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާއިރު މަހުފީ، އިންސްޓޮލޭޝަން ޗާރޖް (ހުރިހާ އާލާތްތައް ހިމެނޭގޮތަށް)، އަދި ފޯރުކޮށްދެވޭނެ ޗެނެލްތަކުގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ

މޫސާ އަޙުމަދު / އެސިސްޓެންޓް އިންޖިނިއަރ / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް   7785224

 

01 ފެބްރުއަރީ 2018

01 ފެބުރުވަރީ 2018