ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341/341/2018/5
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 22:48
ސުންގަޑި: 31 ޖަނަވަރީ 2018 00:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުކުޅަހު ކައުންސިލް އިދާރާއިން ދޫކުރާ ޗެކް ގެންގުޅުމާއި ގުޅޭ

އުކުޅަހު ކައުންސިލް އިދާރާއިން ދޫކުރާ ޗެކް ގެންގުޅުމާއި ފައިސާނެގުމާއި ގުޅޭ:

 

މިކައުންސިލަށް އެކި ފަރާތްތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތާއި ތަކެތީގެ އަގު އަދާކުރަމުންދަނީ ޗެކް މެދުވެރިކޮށެވެ. އަދި މިގޮތަށް ދޫކުރާ ޗެކުތައް ފައްޖެހުމާއި، ބަނޑިކުރުމުގެ ސަބަބުން ޗެކަށް ބޭންކުން ފައިސާ ދޫނުކުރުމުން ތަކުރާރުކޮށް ޗެކް ލިޔަންޖެހޭކަން ފާހަގަކުރަމެވެ.

ޗެކް ލިޔުމާއި ގެންގުޅުމުގައި؛ މައިކަރ ޕްރިންޓަރ މަތީގައި ނުލިޔުން، ސޮއިނުކުރުން، ތައްގަނޑު ނުޖެހުން، ޗެކްތައް ފަތްނުޖެހުން އަދި ޗެކްތަކަށް ހީރަސް ނުޖެހުމަށް ސަމާލުކަން ދިނުމަށް ހަނދުމަކޮށް އަރުވަމެވެ. ޗެކާއި ޙަވާލުވުމަށްފަހު އެ ޗެކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ އެ ޙަވާލުވި ފަރާތުންނެވެ.

އަދި ޗެކަށް ގެއްލުމެއް ލިބިގެން ޗެކް އައު ކޮށްދެވޭނީ –/10 (ދިހަ) ރުފިޔާ ގެ ޖޫރިމަނާއެއް ނެގުމަށްފަހު ކަމުގައި މިކައުންސިލްގެ ނަންބަރު: U-4/2017/03-13 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

31 ޖަނަވަރީ 2018