ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/IUL/2018/02
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 06 ފެބުރުވަރީ 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން މިންގަނޑުތަކަށް ނުފެތިގެން ހިފަހައްޓާ ތަކެތި ދޫކުރުމާއި ބެހޭ.

އިޢުލާން

މިހާރަކަށް އައިސް ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ގިނަ އަދަދެއްގެ ކާބޯތަކެތި، ބޯޑާރގައި ފާސްކުރާއިރު ލޭބަލް ފުރިހަމަކޮށްފައި ނުވާތީ އާއި ވެޓަނަރީ ނުވަތަ ހެލްތު ސެޓްފިކެޓް ހުށަނާޅާތީ ހެލްތު ކްލިއަރަންސް ދިނުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި ތިރީގައި މިވާ ކަންކަމަށް ސަމާލުވުމަށް ކާބޯތަކެތި އިންޕޯޓުކުރާ އެންމެހާ ފަރާތްތަކަށް އަންގަމެވެ.

ވެޓަނަރީ ސެޓްފިކެޓް ނުވަތަ ހެލްތު ސެޓްފިކެޓް ހުށަނާޅާތަކެތި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްތު ސެޓްފިކެޓް ހުށަހެޅުމަށް މިއޮތޯރިޓީން ކަނޑައަޅާފައިވާ ކާބޯތަކެތީގެ ތެރެއިން ހެލްތް ސެޓްފިކެޓް ނެތިގެން ހިފަހައްޓާފައިވާ ކާބޯތަކެއްޗަށް ހެލްތު ކްލިއަރަންސް ދޫކުރެވޭނީ ޞައްޙަ އޮރިޖިނަލް ވެޓެރިނަރީ ނުވަތަ ހެލްތު ސެޓްފިކެޓް  ހުށަހެޅުމުންނެވެ.

ލޭބަލް ފުރިހަމަނުވާ ތަކެތި

1-     ކާބޯތަކެތި ލޭބަލްކުރުމުގައި ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ނެތުމުން ހިފަހައްޓާ ކާބޯތަކެތީގެ ލޭބަލްގައި "ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލް ކުރުމުގެ ޤައުމީ މިންގަނޑު" އިން ލާޒިމްކުރާ ހުރިހާ ބައިތަކެއް ފުރިހަމަ ކަމަށް ހުށަހަޅާފައިވާނަމަ އެ ލޭބަލެއް ދިވެހި ނުވަތަ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، އެތަރުޖަމާ ޞައްޙަތޯބަލައި އެއާއި އެއްގޮތަށް ލޭބަލް ކުރުމަށްފަހު ހެލްތު ކްލިއަރަންސް ދެވޭނެއެވެ. ތަރުޖަމާގެ ގޮތުގައި މިއޮތޯރިޓީއަށް ބަލައިގަންނާނީ ތިރީގައި ދަންނަވާފައިވާ ފަރާތްތަކުގެ ލިޔުންތަކެވެ.

-      މުދާ އެކްސްޕޯރޓްކުރި ފަރާތް ( ސަޕްލަޔަރ)

-      މުދާ އުފެއްދިފަރާތް (މެނުފެކްޗަރަރ)

-      ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ލޯ ފާރމްތައް 

2-      ކާބޯތަކެތި ލޭބަލްގައި ތިރީގައި މިދަންނަވާ ބައިތައް ފުރިހަމަނުކޮށް ހުރެގެން ހިފަހައްޓާ ތަކެއްޗާއިމެދު ޢަމަލު ކުރާނީ ނައްތާލާ ތަކެއްޗާއިމެދު ޢަމަލުކުރާ އުސޫލުންނެވެ. ނަމަވެސް އިންޕޯޓްކުރާ ފަރާތްތަކުން ބޭނުންވާނަމަ މިތަކެތި އިންޕޯޓްކުރި ޤައުމަށް އަބުރާ ފޮނުވާލުމުގެ ފުރުސަތު ދެވޭނެކަމުގައި ވެސް ދަންނަވަމެވެ.

       I.   އެއްވެސް ވަރަކަށް ލޭބަލްނުކޮށް ހުންނަ ކާބޯތަކެތި

       II. އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚް  ހިމަނާފައި ނުވާ ކާބޯތަކެތި

       III. އުފެއްދުމެއް އުފެއްދި ތާރީޚު ހިމަނާފައި ނުވާ ކާބޯތަކެތި (ޕްރޮޑަކްޓްގެ މުއްދަތު ހަމަވުން ބަލަނީ އުފެއްދި ތާރީޚަށް ބިނާކޮށްނަމަ މި ތާރީޚް ހިމެނުން)

       IV. އުފެއްދުމުގައި ހިމެނޭ ބާވަތްތައް ނުވަތަ އިންގްރީޑިއެންޓް ލިސްޓް ހިމަނާފައި ނުވާ ކާބޯތަކެތި

       V. އުފެއްދުން އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް (މެނުފެކްޗަރަރ) ހިމަނާފައި ނުވާ ކާބޯތަކެތި

 

ހިފަހައްޓާ ކާބޯތަކެތި ކުލިއަރަންސް ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް

ލޭބަލް  ފުރިހަމަ ނުވެގެން ހިފަހައްޓާ ކާބޯތަކެއްޗައް ހުށަހަޅާ ލިޔުންތަކުގައި ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

-      ތަރުޖަމާކޮށް ހުށަހަޅާ ލިޔުންތަކުގައި އެތަކެތި ދޫކުރާ  ފަރާތުން ސޮއިކޮށް ނަމާއި ތައްގަނޑުޖަހާފައިވާ އަސްލުކަމުގައި ވުން.

-      އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ލިޔުމެއް ހުށަހަޅާނަމަ، ހުށަހަޅާ ލިޔުމަކީ ތަރުޖަމާކުރި ފަރާތުގެ އޮފިޝަލް ޑޮމެއިން އަކުން ފޮނުވައިފައިވާ ލިޔުމަކަށްވާންޖެހޭނެއެވެ. އަދި އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔުމަކީ ވެސް ތައްގަނޑު ޖެހި ސޮއި ކުރެވިފައިވާ ލިޔުމަކަށްވުން.   

 

ޤަވާއިދާއި އުސޫލުތަކާއި ހިލާފުވެގެން ހިފަހައްޓާ ކާބޯތަކެތިން، މިތަކެތި އިންޕޯޓުކުރާ ފަރާތްތަކަށް ލިބޭ މާލީ ނުވަތަ އެނޫންވެސް ގެއްލުމަކަށް މި އޮތޯރިޓީން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. އަދި ކުލިއަރަންސް ހޯދުމަށް ހުށަހަޅާ ލިޔުންތަކުގައި ސައްޙަނޫން ދޮގު މަޢުލޫމާތު ހިމެނޭ ނަމަ އެތަކެތި ހުށަހަޅާ ފަރާތާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ.

ވީމާ، 30 އޭޕްރީލް 2018 އިން ފެށިގެން މި އިޢުލާނާއި އެއްގޮތަށް އަމަލުކުރަން ފަށާނެކަން ޚާއްސަކޮށް ކާބޯތަކެތި އިންޕޯޓުކުރާ ފަރާތްތަކަށް އަދި އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014305 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

14 ޖުމާދަލްއޫލާ 1439 

31 ޖަނަވަރީ 2018