ދިވެހިރާއްޖެ
އދ.ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް/ ދިވެހިރާއްޖެ.
ނަންބަރު: 353/2018/05
ވޮލީކޯޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ސަރުކާރުގެ ސްޕޯޓްސް މެނިފެންޓޯގައިހިމެނޭ، ސްޕޯޓްސް އެރީގެ ކުޅިވަޞީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ވޮލީކޯޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ވޮލީކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ތައްޔާރުކުރައްވާފައިވާ މަޢުލޫމާތާއި މިންގަނޑުތަކާއެއްގޮތަށް މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ބިލް އޮފް ކޮންޓިޓީސް" ފުރިހަމަކުރުމަށްފަހު، މަސައްކަތް ކުރެވޭނެ މުއްދަތު ބަޔާންކޮށް، މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާގެ ލިޔުންތަކާއެކު، 12 ފެބުރުއަރީ 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތުޝީޓާއި، ބިލް އޮފް ކޮންޓިޓީސްގެ ފޯމެޓް ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
14 ޖުމާދަލްއޫލާ 1439
31 ޖެނުއަރީ 2018