ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-05
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް 18 ޖަނަވަރީ 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-01 އާއި 22 ޖަނަވަރީ 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-02 އަދި 23 ޖަނަވަރީ 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-03 ގައިވާ ބައެއް މާއްދާތަކަށް އެދެވޭވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2018 ޓާރމް 1 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.
| 
 #  | 
 Module Name  | 
 No. of Part-Time Lecturers Needed  | 
 Course Name  | 
| 
 1  | 
 First Aid component for the module of First Aid and Firefighting  | 
 1  | 
 Certificate 3 in Front Office  | 
| 
 2  | 
 Passenger Transport Operations  | 
 1  | 
 Advance Certificate in Hospitality and Tourism Studies  | 
| 
 3  | 
 Ethical Tourism  | 
 1  | 
|
| 
 4  | 
 Sustainable Island Resort Management  | 
 1  | 
 Bachelor of Science in Hotel and Resort Management  | 
| 
 5  | 
 Destination Marketing  | 
 1  | 
 Bachelor of Tourism Management (Marketing)  | 
| 
 6  | 
 Food and Beverage Operations  | 
 1  | 
 Bachelor of Hospitality Management (Culinary Arts and Food Service)  | 
| 
 7  | 
 Performance Management  | 
 1  | 
 Bachelor of Hospitality Management (Human Resources)  | 
| 
 8  | 
 New Venture Development  | 
 1  | 
 Bachelor of International Hospitality Management  | 
| 
 9  | 
 Operations Management  | 
 1  | 
 Bachelor of International Hospitality Management Bachelor of International Tourism Management  | 
ޝަރުތު:
- ސެޓްފިކެޓް ލެވެލް 3 ނުވަތައެޑްވާންސް ސެޓްފިކެޓް ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ބެޗްލަރ ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މީގެ އިތުރުން ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުއެއް ކުރެވިދާނެވާހަކަ ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ
- މީގެ އިތުރުން މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަން ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިލައްވާ ފަރާތްތަކުން 4 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.