ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)25-A5/25/2018/6
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގެ (IUL) 25-A5/25/2017/16 އަދި (IUL) 2-A5/25/2018/3 ނަންބަރު އިޢުލާން ބާޠިލުކޮށް، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަޤާމް: ސީނިއަރ ލީގަލް އޮފިސަރ |
ކްލެސިފިކޭޝަން: ލީގަލް ސަރވިސް ޕްރޮފެޝަނަލް |
ރޭންކް:- CS11-5 CS11-2 |
|||||||||||||||||||||||||||||||||
މުސާރަ:11,830.00ރ |
ސަރވިސް އެލަވަންސް: 3600.00 ރ |
ބޭނުންވާ އަދަދު: 1 |
|||||||||||||||||||||||||||||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު:J-291574 |
|||||||||||||||||||||||||||||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: ލީގަލް އެފެއާޒް ޑިޕާޓްމަންޓް |
||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- މިނިސްޓްރީއާއި، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަން އަދި އެމްބަސީތަކަށް ބޭނުންވާ އެގްރީމަންޓްތައް ދިރާސާކޮށް، އެހީތެރިވެދިނުން. 2- މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ފޮނުވާ ސިޓީތަކަށް/ކޮމިޔުނިކޭޝަންތަކަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 3- ބައިނަލް އަޤްވާމީ މުޖުތަމަޢު އާއި ދިވެހިރާއްޖެއާއި ގުޅޭ ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާއި ގުޅޭ ރިޕޯޓް، ބްރީފް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 4- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދަޢުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ލައިން މިނިސްޓްރީތަކާއި ގުޅިގެން ތައްޔާރުކުރުން. 5- ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމާއި، މުޢާހަދާ ރެޓިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6- އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްޢަޤްވާމީ ޖަލްސާތަކަށް ޑިވިޜަނުން ތައްޔާރުކުރަންޖެހޭ މައުލޫމާތު ކަރުދާސް ތައްޔާރު ކުރުން. |
||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުތުތައް:
|
|
||||||||||||||||||||||||||||||||||
|
|
|
|||||||||||||||||||||||||||||||||
މަޤާމް: ލީގަލް އޮފިސަރ |
ކްލެސިފިކޭޝަން: ލީގަލް ސަރވިސް ޕްރޮފެޝަނަލް |
ރޭންކް: CS9-2 – CS9-5 |
|||||||||||||||||||||||||||||||||
މުސާރަ: 10,020.00 ރ |
ސަރވިސް އެލަވަންސް: 3600.00ރ. |
ބޭނުންވާ އަދަދު: 1 |
|||||||||||||||||||||||||||||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު:J-291575 |
|||||||||||||||||||||||||||||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: ލީގަލް އެފެއާޒް ޑިޕާޓްމަންޓް |
||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތައް ދިރާސާކޮށް އެ ތަންފީޛުކުރުމަށް ބޭނުންވާ ޤާނޫންތައް ޑްރާފްޓްކުރުމަށް އެހީތެރިވެދިނުން . 2- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓްތައް ކަމާބެހޭ އިދާރާތަކާއި،ޑިވިޜަންނާއި ގުޅިގެން ތައްޔާރުކުރުމަށް އެހީތެރިވެދިނުން. 3- ޤާނޫނީ ލިޔެކިޔުން ( ކްރެޑެންޝަލްސް/ލެޓަރ އޮފް އެޕޮއިންޓްމަންޓް/ޕަވަރ އޮފް އެޓާރނީ/އިންސްޓްރުމަންޓް އޮފް އެކްސިޝަން، ރެޓިފިކޭޝަން ) ފަދަ ތަކެތި ކަމާބެހޭ ޑިވިޜަނަކާއި ގުޅިގެން ތައްޔާރުކުރުމަށް އެހީތެރިވެދިނުން. 4- މި މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެކި އެއްބަސްވުންތައް ތައްޔާރުކުރުމާއި، ދިރާސާކުރުމަށް އެހީތެރިވެދިނުން.
|
||||||||||||||||||||||||||||||||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
|
||||||||||||||||||||||||||||||||||
އިތުރު އިނާޔަތް: |
|
||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
||||||||||||||||||||||||||||||||||
ދާއިރާ |
މާކްސް ދިނުމުގައި ބަލާނެ މައިގަނޑު ދާއިރާތައް |
% |
|||||||||||||||||||||||||||||||||
ތައުލީމް |
|
30 |
|||||||||||||||||||||||||||||||||
ތަމްރީން |
ޤާނޫނާއި ޝަރީޢަތާއި ގުޅުން ހުރި ދާއިރާތަކުން ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ތަމްރީންތައް |
5 |
|||||||||||||||||||||||||||||||||
|
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން |
5 |
|||||||||||||||||||||||||||||||||
މަސައްކަތުގެ ތަޖުރިބާ |
|
15 |
|||||||||||||||||||||||||||||||||
ހުނަރު |
އިމްތިހާނު / ޕްރެސެންޓޭޝަން |
20 |
|||||||||||||||||||||||||||||||||
ފައިނަލް އިންޓަވިއު |
25 |
||||||||||||||||||||||||||||||||||
ޖުމްލަ |
|
100 |
|||||||||||||||||||||||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
||||||||||||||||||||||||||||||||||
އިންޓަވިއު /އިމްތިޙާނާއި /ޕްރެޒެންޓޭޝަންއޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން/ ޕްރެޒެންޓޭޝަން އޮންނާނީ، 18 ފެބްރުއަރީ 2018އާއި 3 މާރޗް2018 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މިގޮތުން ދެވޭ އިމްތިހާން އޮންނާނީ 18 ފެބްރުއަރީ – 03 މާރޗް 2018 ދެމެދުގެ ތާރީހެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
|
||||||||||||||||||||||||||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
ސީނިއަރ ލީގަލް އޮފިސަރ %60 ލީގަލް އޮފިސަރ 50% |
||||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން: މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304177 / 3304184 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |
|||||||||||||||||||||||||||||||||||
30 ޖަނަވަރީ 2018