ދިވެހިރާއްޖެ
* ބީލަން ހުށަހެޅުމުގެ ދައުވަތު:
ކުޑަހުވަދޫ ކުނިކޮށީގެ ވަށައިފާރު ރޭނުމާއި ދަގަނޑު ގޭޓްލުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފުކުރުން:
- މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2018 ޖަނަވަރީ 31 ވަނަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 05 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.
- ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2018 ފެބުރުވަރީ 07 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމު 1 ގައެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބުރުވަރީ 15 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
- ބިޑް ނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.