ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/25
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި:
08 ފެބުރުވަރީ 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
ސޭލްސް ރެޕް ގރ. 1 |
ބޭނުންވާ ޢަދަދު: |
01 |
އަސާސީ މުސާރަ: |
މަހަކު -/4350 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ 164 (ސ. ހުޅުމީދޫ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- އެސްޓީއޯ ސުޕަމާރޓް މުދާތައް ޕްރޮމޯޓް ކުރުމާއި ވިއްކުން
- އެސްޓީއޯގެ މުދާތައް މާރކެޓް ކުރުމާއި އެމުދާތައް އެހެން ފިހާރަތަކަށް ވިއްކުމަށް އެހީތެރިވުން
- ހޯލްސޭލް ކަސްޓަމަރުން ބޭނުންވާ މުދާތައް ގުދަނުން ނަގައި ދޫކުރުން
- ފިހާރައިގެ މުދަލުގެ ސްޓޮކް ބަލެއްޓުން ހާއްސަކޮށް ސުޕަމާރޓް މުދާތައް
ފެންވަރު ނުވަތަ ޝަރުތު
- ޑިޕްލޮމާ އިން ބިޒްނަސް ނުވަތަ ވިޔަފާރި އާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް އޮތުން
- މަޤާމާއި ގުޅޭ ދާއިރާގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާއަށް ހޮވުމުގައި ބެލެވޭނެ.
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ފެބްރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރ / އެސްޓީއޯ 164 (ސ. ހުޅުދޫ) ފިހާރައިނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
2018 ޖެނުއަރީ 30
30 ޖަނަވަރީ 2018