ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2018/20
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 12 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑިޓަރ ވަޒީފާއަށް މީހަކު ހޯދުމަށް

 

އިޢުލާން

މަގާމް

އެޑިޓަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

-/7500 ރުފިޔާ

އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ

  • މީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ "އިސްލާމިކް ސްޓޫޑީއޯ"

ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު: 08:00 ން މެންދުރުފަހު 14:00 އަށެވެ.

މަގާމުގެ ޝަރުތު

  1. އެޑްމިނިސްޓްރޭޝަން / ޖާނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެޑްމިނިސްޓްރޭޝަން / ޖާނަލިޒަމް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 

  1. މި މިނިސްޓްރީގެ ޚަބަރާއި، ޗެނެލްގެ ކޮންޓެންޓަށް މެޓީރިއަލް ހޯދުމާއި، ޚަބަރާއި ޕްރޮގްރާމްތައް ތައްޔާރުކުރުން.
  2. މިނިސްޓްރީގެ ޚަބަރާއި ކަރަންޓް އެފެއާޒްގެ އެހެނިހެން ކޮންޓެންޓް ތައްޔާރުކޮށް އެޕްރޫވް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސްއްކަތްތައް ކުރުން.
  3. ޗެނަލް ކޮންޓެންޓްތައް ތައްޔާރު ކުރުމަށް ދާންޖެހޭ ސައިޓްކަށް ދިއުމާއި، ކޮންޓެންޓް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. މިނިސްޓްރީގެ ޚަބަރާއި ކަރަންޓް އެފެއާޒްގެ އެހެނިހެން ކޮންޓެންޓުގެ ޕްރޮޑަކްޝަންގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ޕްރެޒެންޓް ކުރުން.
  5. ޗެނަލް ތައްޔާރުކުރާ މެޓީރިއަލްތަކުގެ ކޮންޓެންޓްތައް ފައިނަލްކޮށް އެޕްރޫވް ކުރުމަށް ކުރަންޖެހޭ ފަރާތްތަކުން އެޕްރޫވަލް ހޯދުން.
  6. ޗެނަލް ތައްޔާރުކުރާ ކޮންޓެންޓްތަކަކީ މިނިސްޓްރީގެ ކޯޑްތަކާއި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޤަވައިދުތަކަށް ފެތޭ ކޮންޓެންޓްތަކެއްތޯ ބަލައި ޗެކްކުރުން.  
  7. މިނިސްޓްރީގެ ޚަބަރުތަކާއި، މުންނާރު ޗެނަލަށް ތައްޔާރުރެވޭ ކޮންޓެންޓްތަކާއި އިވެންޓްތަކުގެ ސެޓަޕް ތައްޔާރުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ބަލައި ކޯޑިނޭޓް ކުރަންޖެހޭ ފަރާތްތަކާއި ކޯޑިނޭޓް ކުރުން.
  8. އިނގިރޭސިބަހާއި އަރަބިބަހުން ހުންނަ ލިޔުން ދިވެހިބަހަށް އަދި ދިވެހި ބަހުން ހުންނަ ލިޔުން އިނގިރޭސިބަހާއި އަރަބިބަހަށް ތަރުޖަމާކުރަންޖެހޭ ކޮންޓެންޓް ތަރުޖަމާކުރުމާއި،ތަނުގެ އުޞޫލުތަކާއި އެއްގޮތައް އެ ކޮންޓެންޓް ބޭނުންކުރެވޭގޮތަށް ތައްޔާރުކުރުން.
  9. ހަވާލުކުރެވޭ ޔުނިޓް / ޑެސްކްގެ މަސްއޫލިއްޔަތުތަކާއި، އެ މަސައްކަތައް ކަނޑައެޅިފައިވާ މުވައްޒަފުންނާ މަސައްކަތް ހަވާލު ކުރުމާއި، މޮނީޓަރ ކުރުމާއި، އެސެސްކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  10. މިނިސްޓްރީން ބާއްވާ ހަރަކާތްތަކުގައި ބޭނުން ކުރާ ބެނާ، އިޝްތިހާރު ފަދަ ތަކެތީގެ އިބާރާތް ލިޔެ އެޕްރޫވް ކުރުރުން.
  11. މިނިސްޓްރީގެ މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  12. އަދި މީގެ އިތުރުން މަސައްކަތާއި ގުޅޭ ގޮތުން މިނިސްޓްރީން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ މައިގަނޑު ކަންތައްތައް: ތައުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަރވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

 

ސުންގަޑި

 

  • 2018 ފެބުރުއަރީ 12 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

12 ރަބީޢުލް އޫލާ 1439

29 ޖަނަވަރީ 2018