ދިވެހިރާއްޖެ
`
އިންނަމާދޫ ސްކޫލް
ރ. އިންނަމާދޫ ، ދިވެހިރާއްޖެ
ނަމްބަރ: GS123/SS/IUL/2018/05
އިޢުލާން
މި ސްކޫލުގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ވަގުތީ (ކޮންޓްރެކްޓް) - 3މަސް ދުވަހަށް |
ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: |
އެސް އެސް 1 |
މުސާރަ : |
-/3،100ރުފިޔާ (މަހަކު) |
ސަރވިސް އެލަވަންސް: |
-/1،000 ރުފިޔާ (މަހަކު) |
ސެކްޝަން: |
އެޑްމިން |
މަޤާމް އޮތް އޮފީސް: |
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ |
އިތުރު ޢިނާޔަތްތައް: |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލް ޢިމާރާތް ތަކާއި، ގޯތި ތެރެއާއި، މަގާއި ގޯޅި ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށިޖަހާފައިވާ ޢިމާރާތްތަކާއި ކްލާސްރޫމުތަކުގެ އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.
- ކްލާސްރޫމުތަކުގެ ގޮނޑި، ޑެސްކު ތަކާއި ފަންކާ ތައް ފޮޅައި ސާފުކުރުން.
- ސްކޫލުގެ ދޮރުފޮތިތައް ދޮވެ ސާފުކުރުމާއި، މެޝިނަރީޒްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ދިޔަދޮވިތައް ސާފުކުރުމާއި، ފެންހަންތައް ސާފުކޮށް ވާރޭ ފެން އެޅޭނެ ގޮތް ތައް ހަމަޖައްސައި ފެންނަގައި ރައްކާތެރިކަމާއި އެކު ރައްކާކުރުން.
- ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކުރުން.
- ސްކޫލުން އިންތިޒާމުކުރާ ބައްދަލުވުން، ސެމިނަރ، ވޯކްޝޮޕް ، ޖަލްސާ ފަދަ މަސައްކަތްތަކަށް ގޮނޑި، ޑެސްކުޖެހުމާއި އެ ޙަރަކާތްތައް ނިމުމުން އެތަކެތި ތަރުތީބުން ނަގައި ކްލާސްރޫމުތަކުގައި ރީއްޗަށް އެތުރުން.
- ސްކޫލުގެ ބަގީޗާ ގަސްތައް ރީތިކޮށް ހައްދައި ބެލެހެއްޓުން.
- ސްކޫލަށް ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުމާއި، ސްކޫލުން ފަރާތް ފަރާތަށް ފޮނުވާ ތަކެތި އެފަރާތްތަކަށް ފޮނުވައި ރައްދުކޮށްދިނުމުގައި ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ސްކޫލުގެ ޢިމާރާތްތަކާއި ކްލާސްރޫމުތައް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ހުޅުވުމާއި ލެއްޕުން.
- ހިރަފުސް ބޯ ދުވަސްވަރު ދުވާލަކު މަދުގެން 1 (އެކެއް) ފަހަރު ސްކޫލު ގޯތިތެރެއަށް ފެންޖެހުން.
- ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރި ވުމާއި، މަސައްކަތު އެހެން މުވައްޒަފަކު ނެތުމުގެ ސަބަބަން ބަދަލު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ޝަރުތު:
- ލިޔަން ކިޔަން ދަތުމާއި އެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
|
11 ޖުމާދަލް އޫލާ 1439
28 ޖެނުއަރީ 2018