ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/I/2018/04
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 08 ފެބުރުވަރީ 2018 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
Job Announcement for Investment Analyst

 

216-MPAO/I/2018/04:ނަންބަރު

                                         ވަޒީފާގެ ފުރުޞަތު

މަޤާމް:އިންވެސްޓްމަންޓް އެނަލިސްޓް

ބޭނުންވާ ޢަދަދު:1

މުސާރަ:10,000.00ރ

މިމަޤާމަށް ލިބޭ އެލަވަންސްތައް:

  • ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3,500.00ރ ދެވޭނެއެވެ.

  • ހަމަޖެހިފައިވާ ޢުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50.00ރ ދެވޭނެއެވެ.

  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިންގ، ފައިނޭންސް ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން (އެމް.އެން.ކިޔު.އެފް ލެވެލް 5) ގެ ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސަޓިފިކޭޝަނެއް ހާޞިލްކޮށްފައިވުން.

  2. މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓުން އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  • ލިބިފައިވާ މަސައްކަތު ތަޖުރިބާއަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ

 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ޕެންޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]

                                       28  ޖަނަވަރީ 2018

 

28 ޖަނަވަރީ 2018