ދިވެހިރާއްޖެ
ނަންބަރ:ު216MPAO/I/2018/01
ވަޒީފާގެ ފުރުޞަތު
މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ބޭނުންވާ ޢަދަދު: 1
މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ވަގުތު: 08:00 އިން 16:00 އަށް.
މަސައްކަތް ކުރަންޖެހޭ މުއްދަތު: 2 މަސް ދުވަސް (ދެވިފައިވާ މުއްދަތައް މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ)
ފެންވަރު ނުވަތަ ޝަރުތު:
- ކޮމްޕިއުޓަރ އެޕްލިކޭޝަންތަށް ބޭނުންކުރަން ރަނގަޅަށް އެނގުން.
- ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން/ސެޓްފިކެޓްތަކުގެ ކޮޕީ.
މަޤާމުގެ މަސްއޫލިއްޔަތު:
- މި އޮފީހުގެ ލިޔެކިޔުންތައް ސްކޭންކުރުން.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އީމެއިލް: [email protected]
24 ޖަނަވަރީ 2018