ދިވެހިރާއްޖެ
ކައުންސިލްގެ ވެބްސައިޓް އަދި އީމެއިލް ހޯސްޓްކޮށް ހޯސްޓިން ސްޕޭސް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ނަންބަރު: (IUL)341-PRG/341/2018/4
ތާރީޙް: 28 ޖަނަވަރީ 2018
މުއްދަތު ހަމަވާ ތާރީޙް: 01 ފެބްރުއަރީ 2018
ކައުންސިލްގެ ވެބްސައިޓް އަދި އީމެއިލް ހޯސްޓްކޮށް ހޯސްޓިން ސްޕޭސް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 07 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 11:30 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.