ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)400/INDIV/2018/1
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 30 ޖަނަވަރީ 2018 14:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު:

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1- މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:

މަޤާމުގެ ނަން:

ޑްރައިވަރ

ބޭނުންވާ ޢަދަދު:

01

2- މުސާރަ އާއި އިނާޔަތްތައް:

މުސާރަ:

4500.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އިތުރުގަޑީގެ ފައިސާގގޮތުގައި މުސާރައިގެ %30 އަށް ވުރެ އިތުރު ނުވާގޮތަށް ދެވޭނެއެވެ.
  • މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.

3- މަޤާމު އޮތް އޮފީސް:

މަޤާމު އޮތް އޮފީސް / އިދާރާ:

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ 

4- މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  • ކައުންސިލްއިދާރާއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި  އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން.
  • ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ދުއްވުން.
  • ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޗެކްކުރުން.
  • ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން ޗެކްކޮށް އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުން. އަދި އެކަން އެވަގުތު ޙަވާލުވެ ހުންނަ ފަރާތަކަށް އެންގުން.
  • ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލްއަޅާ، ފިއުލް އެޅިކަމުގެ ސްލިފް އެވަގުތު ހަވާލުވެ ހުންނަ ފަރާތަކާ ޙަވާލުކުރުން  އަދި ވެހިކަލަތަކަށް  ބޭނުންވާތަކެތި ކަމާއި ހަވާލުވެ ހުންނަ ފަރާތާއި ގުޅިގެން ހޯދުން.
  • ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި، ބޭލުމުގައި ޢަމަލީގޮތުން މަސައްކަތުމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ވެހިކަލަށް ލިބޭ ކޮންމެ ގެއްލުމެއް އެވަގުތު ހަވާލުވެ ހުރި މުވައްޒަފުންނަށް އެންގުން.
  • ވެހިކަލްތައް ދުއްވުމުގެ ތެރޭގައި ބަލަންވާ ވަރަށް ނުބަލައި ފަރުވާކުޑަ ކުރުމުގެ ސަބަބުން ނުވަތަ އަމިއްލަ އިހްމާލުން ވެހިކަލްތަކަށް ލިބޭ ގެއްލުމަށް ޒިންމާ އުފުލުން.
  • ކައުންސިލުން އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  • ކައުންސިލްގެ އިދާރާއިން އަންގާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން.
  • ކައުންސިލުން ރާވާ ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

5- މަޤާމުގެ ޝަރުތުތައް:

  • ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުމާއެކު، މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް / ހާސިލްކޮށްފައިވުން. ( 02-C ) މި ކެޓަގަރީ ތަކުގެ ލައިސަންސް އޮންނަ މީހަކު ކަމުގައިވުން.

6- ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

   - ތަޢުލީމާއި ތަމްރީން  ، ތަޖުރިބާ  އަދި ހުނަރަށް

7- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައި ވަނީ، 31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގައެވެ. އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ގަޑި، ލިޔުމަކުން އެންގޭނެއެވެ.

8- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، މާވަށު ކައުންސިލް އިދާރާއިން ދޫކުރާ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ސުންގަނޑި ހަމަވުމުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް އަދި ލިޔުމެއް ބަލައެއް ނުގަނެވޭނެއެވެ.

9- ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނެވެ. )

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ރަސްމީ ލިޔުން.

6- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ރަސްމީ ލިޔުންތައް.

7- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

8- ލިބިފައިވާ ލައިސަންސް / ހުއްދަ / ސަނަދު ގެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

9- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /  ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

10- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

25 ޖަނަވަރީ 2018