ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)299/299/2018/4
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 01 ފެބުރުވަރީ 2018 14:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

އިޢުލާން

 

 

ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން

 

ރ.ވާދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)299/299/2018/3 އިޢުލާނާއި އެކު އާންމުކުރެވިފައިވާ ރ. ވާދޫއިން ގޯތި ދޫކުރުމުގެ އުސޫލާއި ގުޅިގެން ރައްޔިތުންގެ ތެރެއިން މިއިދާރާއަށް ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންގެންދާތީ މިއުސޫލު އިތުރަށް ދިރާސާކޮށް އިސްލާޚުކުރަން ހުރިކަންކަން އިސްލާޚު ކުރުމަށާއި އަދި މިކަމާއި ގުޅުންހުރި އިދާރާތަކުގެ ލަފާ އިތުރަށް ހޯދުމަށް މިކައުންސިލަށް ވަގުތު ބޭނުންވާތީ، ވާދޫ ކައުންސިލްގެ ނަންބަރު (IUL)299/299/2018/3(23 ޖެނުއަރީ 2018) އިޢުލާން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

އަދި މިމަރުހަލާގައި ކުރަންޖެހޭ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށާއި، ނިމުނުހާ އަވަހަކަށް އަލުން ރ. ވާދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް ފުރުޞަތު ހުޅުވާލާނެކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

25 ޖަނަވަރީ 2018